ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ޢީދު މުބާރަކު ކީ މުއައްސަސާ އަކަށް މަޖިލިސް ވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކްބާދީ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައި މަޖިލީހުގެ ރައީސް ފޮނުއްވާފައި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރަމަޟާންމަހުގައި ބޭއްވޭ އެންމެ ފަހު ޖަލްސާ ކަމަށް ވާތީއެވެ.
މަޖިލީހުގެ ރައީސްގެ ޢީދު މުބާރަކާއި ވިދިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މި ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން އެންމެންކުޅަ ހެޔޮ ޢަމަލުތަކުގެ ޘަވާބު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
އަދި އަޅުގަނޑުމެން މިކުޅަ އަޅުކަމުގެ މަތިވެރިކަން އަޅުގަނޑުމެންނަށް ދެއްވާ މާތް ﷲ އަޅުގަނޑުމެންގެ މި ޢަމަލުތައް ޤަބޫލުކުރައްވާ އެންމެންނަށް ބަރަކާތާއި ހެޔޮދަރުމަ ދެއްވުން އެދި ހެޔޮދުޢާކުރެއްވިއެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށް އެދި ކީރިތިވަންތަ ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމުގައި ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ޢީދު މުބާރަކު ކީ މުއައްސަސާ އަކަށް މަޖިލިސް
ކޮމެންޓް (0)
ލޯޑް ކުރަމުން...