ރާއްޖޭގެ ޚަބަރު ފުލުހުންނާއި ކައުންސިލާއި ޒަމާނީ ޤުރުއާން ކުލާސް ގުޅިގެން ނ.ހޮޅުދޫގައި ގުރުއާން މުބާރާތެއް ފަށައިފި

ފުލުހުންނާއި ކައުންސިލާއި ޒަމާނީ ޤުރުއާން ކުލާސް ގުޅިގެން ނ.ހޮޅުދޫގައި ގުރުއާން މުބާރާތެއް ފަށައިފި

ފުލުހުންނާއި ކައުންސިލާއި ޒަމާނީ ޤުރުއާން ކުލާސް ގުޅިގެން ނ.ހޮޅުދޫގައި ގުރުއާން މުބާރާތެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.ހޮޅުދޫ ކައުންސިލް އާއި ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަން އަދި އެރަށު ޒަމާނީ ޤުރުއާން ކުލާސް ގުޅިގެން ގުރުއާން މުބާރާތެއް ފަށައިފިއެވެ.
މުޅި ރަށަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތް ފައްޓަވައިދެއްވީ ނ.އަތޮޅު ކައުންސިލް މެމްބަރ މުޙައްމަދު ޢަލީ އެވެ.
މިމުބާރާތް ކުރިއަށްގެންދަނީ ތަފާތު ޢުމުރު ފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔުމުގެ ގޮފި ހިމެނޭ ގޮތަށް ޖުމްލަ 07 އުމުރުފުރާއަކުން 189 ބައިވެރިން ވަނީ ިމުބާރާތުގައި ބައިވެރި ވެފައެވެ.
މިމަހުގެ 22 ވަަނަ ދުވަހު ފެށި މިމުބާރާތް މި ޖުލައި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ ޖުލައި 25 ވާ ހުކުރު ދުވަހު ހަވީރުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.