ފުވައްމުލަކުގައި ޝެއިޚް ސަމީރު އިމާމްވެ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ފުވައްމުލަކުން ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އެރަށުގައި މިފަހަރުވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނީ ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގައެވެ.
އަދި މިފަހަރުގެ ޢީދު ނަމާދު އިމާމްވެ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މިފަހަރުގެ ޢީދު ނަމާދު އިންތިޒާމް ކުރަނީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލް ތަކާއި ފުވައްމުލަކު ޒުވާނުން ގުޅިގެން ކަމަށް އެރަށުން މަޢުލޫމާތު ދީފައި ވެއެވެ.
ފުވައްމުލަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށް ނިމުމާއި އެކު ޢީދު ބޮނޑި އާއި އެކު އުފާފާޅު ކުރުމާއި ހެނދުނު ސައިގެ އިންތިޒާމް ތައް ވެސް ހަމަޖައްސަމުން ގެންދާ ކަމަށް އެރަށުން މަޢުލޫމާތު ދީފައި ވެއެވެ.
އަދި ޢީދު ނަމާދަށް ފަހު ކުޑަކުދިންނަށް ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށް މިކަން އިންތިޒާމް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޒުވާނުން މަޢުލޫމާތު ދީފައި ވެއެވެ.
އެފަރާތްތަކުން ބުނީ މި ކަންކަން އިންތިޒާމް ކުރުމުގެ ބޭނުމަކީ، ފުވައްމުލަކު ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް އުޚުއްވަތްތެރި ކަމުގެ ގުޅުން ބަދަހި ކުރުމާއި އެކު ދީނީ ކަންކަމަށް ލޯބި އިތުރު ކުރުން ކަމަށެވެ.
ފުވައްމުލަކުގައި ޝެއިޚް ސަމީރު އިމާމްވެ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެއްވުމަށް ހަމަޖެހިއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...