ރާއްޖޭގެ ޚަބަރު މިއަދަކީ ފުލުހުންގެ ހަނދާނީ ދުވަސް

މިއަދަކީ ފުލުހުންގެ ހަނދާނީ ދުވަސް

މިއަދަކީ ފުލުހުންގެ ހަނދާނީ ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދަކީ ފުލުހުންގެ ޚިދުމަތުގައި ދެމިހުއްޓައި ދެކޮޅުވެރިއެއްގެ ޙަމަލާއަކުން ނުވަތަ ބޮޑެތި ޙާދިސާ ތަކާއި ކާރިސާތަކުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރި ވަނިކޮށް ދުނިޔެ ދޫކުރާ ފުލުހުންގެ ހަނދާނުގައި ފާހަގަކުރާ ފުލުހުންގެ ހަނދާނީ ދުވަސް ނުވަތަ ޕޮލިސް މެމޯރިއަލްޑޭ އެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަސް ފުލުހުންގެ ހަނދާނީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ދިވެހި ސަރުކާރުން ހަމަޖައްސާފައިވަނީ 2012 ވަނައަހަރުއެވެ.
ޖުލައިމަހުގެ 23 ވަނަ ދުވަހަކީ ކ. ކާށިދޫގައި ފުލުހަކު ރަސްމީ ޑިއުޓީގައި، ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރައްޔިތުންގެ ޚިދުމަތުގައި ހުއްޓާ، ގޭބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް ޤާނޫނުގައިވާ ގޮތުގެމަތިން ގޭބަންދުގައި ހުންނަން އެންގުމުން އުފެދުނު ހިތްހަމަ ނުޖެހުމުގައި ދިން ޙަމަލާއަކުން ޝަހީދުވި ޕޮލިސް ސާޖަންޓް އާދަމް ޙަލީމު މިފަނާވަނި ދުނިޔެއާއި އަލްވަދާޢުކި ދުވަހެވެ.
ދިވެހި ފުލުހުންގެ މެމޯރިއަލް ދުވަސް މިދެންނެވި ދުވަހާއި ގުޅުވައިގެން ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖެއްސެވީ އެޙާދިސާއަކީ ފުލުހުން ރާއްޖޭގައި އުފެދި ޚިދުމަތްކުރަންފެށިފަހުން ދެކޮޅުވެރި ޙަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ޙާދިސާ ކަމަށް ވާތީއެވެ.
މިއަހަރުގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހަމަޖައްސާފައެވެ.
އެހެން ނަމަވެސް މި ހަރަކާތްތަކުގެ ތަފްޞީލު ފުލުހުން އަދި ހާމަ ކޮށްފަ އެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.