މީހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލަން އުޅުނު ޑްރައިވަރަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމު 3:10 އެހައިކަންހާއިރު ބުރުޒުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ކާރަކުން ޖެހި އެކްސިޑެންޓް ހިނގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން ޑްރައިވަރު ހައްޔަރުކޮއްފައިވާ ކަމަށެވެ. އަދި ކާރުގައި އިން ޑްރައިވަރުގެ އަތުގައި ލައިސަންސް ނެތްކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހާދިސާ ހިނގި ވަގުތު ބުރުޒުމަގު ކޮފީ ކޯނާ ކައިރީ ޕާކްކޮއްފައި ހުރި ގިނަ ސައިކަލު ތަކަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...