ތިން ދުވަހިުގެ ތެރޭގައި ޣައްޒާ ފަންޑު މިލިޔަނަކާ ގާތަށް ޖެހިލައިފިއެވެ.
އިއްޔެގެ ނިޔަލަށް ޣައްޒާ ފަންޑަށް ވަނީ 853، 242.34 ރ ލިބިފައެވެ. މީގެ ތެރޭގައި ދިވެހި ފައިސާއިން ލިބުނު 2527.00 ޑޮލަރާއި 814.000.00 އަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.
ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހު ވެސް ބޮޑު ތަރުޙީބެއް ލިބިފައި ވަނިކޮށް ފަންޑް ހުޅުވިތާ ދެވަނަ ދުވަހުވެސް ވަނީ ރެކޯޑް ޢަދަދަކަށް ފައިސާ ލިބިފައެވެ. އެގޮތުން ދެވަނަ ދުވަހުގެ ނިޔަލަށް ވަނީ މި ފަންޑަށް ތިންލައްކަ ތިރީސް އަށްހާސް އެއް ސަތޭކަ ރުފިޔާ ލިބިފައެވެ. ފަންޑ ހުޅުވިތާ ދެވަނަ ދުވަސް ކަމަށްވާ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޣައްޒާ ފަންޑަށް 259,675.60 ރުފިޔާ ލިބުނު އިރު ބޭރުފައިސާގެ ގޮތުގައި ވެސް 1216 ޑޮލަރު ވަނީ ލިބިފައެވެ.
ޣައްޒާ ފަންޑު ހުޅުވުމާއި އެކު ގިނަ ބަޔަކު ފަންޑަށް ފައިސާ ޖަމާ ކުރަން ފަށާފައި ވާއިރު، ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ފަސްދޮޅަސް ހާހެއްހާ ރުފިޔާ ލިބިފައެވެ. ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހުގެ ނިޔަލަށް ލިބިފައި ވަނީ 130.00 ޑޮލަރާއި، 57689.00 ރުފިޔާ އެވެ.
ގާޒާ ފަންޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކިތަންމެ ކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ނަމަވެސް ހަދިޔާ ކޮށްދެއްވެއްވުމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލްޣަނީ އާއި، ޤައުމީ ޓީމުގެ މޮޅު ކުޅުންތެރިއެއް ކަމަށްވާ މުޙައްމަދު އާރިފް، ބަކާ ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވި ޣައްޒާ ފަންޑުގައި މަދަނީ ޖަމިއްޔާތަކުންވެސް ބައިވެރިވެއެވެ. “ޣައްޒާ ފަންޑް މޯލްޑިވްސް” ރަސްމީކޮށް ހުޅުވާފައިވާއިރު ފަންޑު ފޮށިތައް މާލޭގެ ފާހަގަކޮށްލެވޭ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިސްލާމީ މަރުކަޒު، ފުރުޤާން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ހުޅުމާލެ، ވިލިގިލި އަދި އަދާލަތު ޕާޓީ އޮފީހުގައި ފަންޑު ފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...