ރާއްޖޭގެ ޚަބަރު ފޭދޫ ފިނޮޅު ތަރައްޤީ ކުރާނީ ފުލުހުންނަށް އޭގެ މަންފާ ކުރާ ގޮތަށް ކަމަށް ކޮމިޝަނަރ ވިދާޅުވެއްޖެ

ފޭދޫ ފިނޮޅު ތަރައްޤީ ކުރާނީ ފުލުހުންނަށް އޭގެ މަންފާ ކުރާ ގޮތަށް ކަމަށް ކޮމިޝަނަރ ވިދާޅުވެއްޖެ

ފޭދޫ ފިނޮޅު ތަރައްޤީ ކުރާނީ ފުލުހުންނަށް އޭގެ މަންފާ ކުރާ ގޮތަށް ކަމަށް ކޮމިޝަނަރ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުލުހުންނަކީ ގިނަ ވަގުތުތަކުގައި ޚިދުމަތުގައި ޑިއުޓީގައި އުޅެންޖެހޭ ބަޔަކަށްވުމާއެކު ފުލުހުންނާ ފުލުހުންގެ ޢާއިލާތަކުގެ ކަންކަން ބަލަހައްޓައި ވަކިން ޚާއްޞަކޮށް ފުލުހުންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ދެކިވަޑައިގެން އެކަމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުން ދެމިތިބެނީ ހަމައެކަނި ޤައުމީ ޚިދުމަތުގައި ކަމަށާއި ޢާމްދަނީ ހޯދޭނެ އެހެން މަސައްކަތެއް ކުރުމާއި އެހެން ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ފުލުހުންނަށް ނޯންނައިރު ފުލުހުންގެ ވެލްފެއަރ ކަންތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ފުލުހުންގެ ވެލްފެއަރ ކަންތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސަރުކާރާއެކު މަޝްވަރާކޮށް ފުލުހުންނަށް މިހާރު ދެމުންދާ ހައުސިންގ އެލަވަންސަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރެވުނު މަސައްކަތުގައި ކާމިޔާބީއާއި ހަމައަށް ދެވިފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި ޢިމާރާތްކުރާ 300 ފްލެޓުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިޔަށް ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ހުޅުމާލޭގައި ޢިމާރާތްކުރާ ފްލެޓުގެ ޑައުންޕޭމަންޓް ގޮތުގައި ފްލެޓް ލިބޭ ކޮންމެ ފުލުހެއްގެ މުސާރައިން މިހާރުވެސް ދިރިއުޅޭ ތަންތަނަށް ކުލިދައްކަމުން ދިރިއުޅުމުގެ އަސާސީ އެހެން ބޭނުންތައް ފުއްދަމުން، މަހަކު 2967.00 ރުފިޔާ ދައްކަންޖެހުމަކީ ބޮޑު ބުރައެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން 2 އަހަރުގެ މުއްދަތު ހަމަވުމުން އެ ފަރާތްތަކަށް ފްލެޓުގައި ދިރިއުޅެން ނުފެށެނީސް އިތުރު ފައިސާއެއް ނުނަގަން ނިންމާފައިވާކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މާލެއަތޮޅު ފޭދޫ ފިނޮޅު ފުލުހުންގެ ރަށެއްގެ ގޮތުގައި ހަމަޖެހިފައިވުމާއެކު އެރަށް ތަރައްޤީ ކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންގެ ވެލްފެއަރ ކަންކަމަށް ފައިދާކުރަނިވި ކަންކަމަށް މަގުފަހިވެ ފުލުހުންގެ ތަޞައްވުރަށް ވާޞިލްވެވޭނެ ހަރަކާތްތައް ގެންދެވޭގޮތަށް ތަރައްޤީ ކުރުމަށް ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ތައްޔާރީތައްވެސް ކުރެވެމުންދާކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އިސްކަންދަރު ކޮށީގައި ކުޅިވަރު ފެންޑާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބެ އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަމުންދާއިރު ފުލުހުންގެ އެގްޒެކެޓިވް ޓީމުން ގުޅިގެން ފުލުހުންގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގައި މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބެމުންދާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.