ރާއްޖޭގެ ޚަބަރު ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހު ވެސް ބޮޑު ތަރުޙީބެއް ލިބިއްޖެ

ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހު ވެސް ބޮޑު ތަރުޙީބެއް ލިބިއްޖެ

ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހު ވެސް ބޮޑު ތަރުޙީބެއް ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހު ވެސް ބޮޑު ތަރުޙީބެއް ލިބިއްޖެ އެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޣައްޒާ ފަންޑު ހުޅުވުމާއި އެކު ގިނަ ބަޔަކު ފަންޑަށް ފައިސާ ޖަމާ ކުރަން ފަށާފައި ވާއިރު، އިއްޔެގެ ނިޔަލަށް ވަނީ ފަސްދޮޅަސް ހާހެއްހާ ރުފިޔާ ލިބިފައެވެ.
މި ފަންޑު ހުޅުވުމާއި އެކު ގިނަ ބަޔަކު އިއްޔެ ވެސް ފަންޑަށް ފައިސާ ޖަމާ ކޮށްފައި ވާއިރު، ޣައްޒާ ފަންޑަށް އިއްޔެގެ ނިޔަލަށް ލިބިފައި ވަނީ 130.00 ޑޮލަރާއި، 57689.00 ރުފިޔާ އެވެ.
ގާޒާ ފަންޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކިތަންމެ ކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ނަމަވެސް ހަދިޔާ ކޮށްދެއްވެއްވުމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލްޣަނީ - See more at: އާއި، މުޙައްަދު އާރިފް، ބަކާ ވެސް އިލްތިމާސް ކޮށްފަ އެވެ.
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވި މިފަންޑުގައި މަދަނީ ޖަމިއްޔާތަކުންވެސް ބައިވެރިވެއެވެ.
“ގާޒާ ފަންޑް މޯލްޑިވްސް” ރަސްމީކޮށް ހުޅުވާފައިވާއިރު ފަންޑު ފޮށިތައް މާލޭގެ ފާހަގަކޮށްލެވޭ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިސްލާމީ މަރުކަޒު، ފުރުޤާން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ހުޅުމާލެ، ވިލިގިލި އަދި އަދާލަތު ޕާޓީ އޮފީހުގައި ފަންޑު ފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.