ރާއްޖޭގެ ޚަބަރު ދިވެހި ޒުވާނުންނަށް ބޭނުންވަނީ އެތެރޭގެ އިންޖީނު ހިންގައި ގަންނަން ބޭނުންވާނެ ހިތްވަރު

ދިވެހި ޒުވާނުންނަށް ބޭނުންވަނީ އެތެރޭގެ އިންޖީނު ހިންގައި ގަންނަން ބޭނުންވާނެ ހިތްވަރު

ދިވެހި ޒުވާނުންނަށް ބޭނުންވަނީ އެތެރޭގެ އިންޖީނު ހިންގައި ގަންނަން ބޭނުންވާނެ ހިތްވަރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ޒުވާނުންނަށް ބޭނުންވަނީ އެތެރޭގެ އިންޖީނު ހަރުދަނާ ކަމާއެކު ސްޓާޓްކޮށް ހިންގައި ގަންނަން ބޭނުންވާނެ ހިތްވަރު ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ހިންގާ ގަލޮޅު އެކްޓިވިޓީޒް ސެންޓަރުގެ ޚިދުމަތް އަލުން ފެށުމަށް އެމަރުކަޒުގައި ރޭ އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރު ވިދާޅުވީ، މިފަދަ ސެންޓަރު ތަކުގެ ސަބަބުން ޒުވާނުން ހަރުދަނާ ބަޔަކަށްވެ ސަރުކާރުން އެދޭފަދައިން ޤައުމުގައި ހަރުދަނާ ބައެއްގެ ގޮތުގައި ޒުވާނުން ވެގެންދާނެ ކަމަށް އުއްމީޑު ކުރައްވާ ކަމަށެވެ.

ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ޒުވާނުންނަށް ބޭނުންވަނީ އެތެރޭގެ އިންޖީނު ހަރުދަނާ ކަމާއެކު ސްޓާޓްކޮށް ހިންގައި ގަންނަން ބޭނުންވާނެ ހިތްވަރުކަމަށާއި އެއިންޖީނު ހިނގައިގަތުމުން ޒުވާނުންނަކީ މުރާލިކަމާއެކު ހަރުދަނާ ޖީލެއް ބިނާކުރަން މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެކަމަށާއި އެކަމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.
އަދި ޒުވާނުންގެ ކުރިއެރުމަށް ހުރަސްއެޅުމަށް ހަމައެއްވެސް ފަރާތަކަށް ފުރުޞަތު ނުދެއްވާނެކަމުގައިވެސް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރ ވިދާޅުވީ ގަލޮޅު އެކްޓިވިޓީޒް ސެންޓަރ ހިންގުމުގައި ފުލުހުންގެ އެހީތެރިކަން ލިބެންފެށުމުން އެސަރަޙައްދުގައި ކުށުގެ ނުރައްކާ ކުޑަވެ، ކުށްކުރުމުގައި ޒުވާނުން ޝާމިލްވާ މިންވަރު މަދުވެގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެކަން އެގޮތަށް ވެގެންދާނެގޮތަށް ޙަރަކާތްތައް ރާވައި ހިންގަވައި ދެއްވުމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ވެރިންގެ ކިބައިން ހޯމްމިނިސްޓަރ އެދިވަޑައިގަތެވެ.

ގަލުޅޮލުގެ ޒުވާނުންނަށް ހިންގަމުންގެންދިޔަ ޒުވާނުންގެ މަރުކަޒު ދުވަސްތަކަކު ބަންދުކުރުމަށްފަހު ރޭ އެމަރުކަޒު ހުޅުވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި މިނިސްޓްރި އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ހިންގާ ތަނެއްގެ ގޮތުގައެވެ. އެމަރުކަޒު ހުޅުވިގެންދިޔައިރު އެމަރުކަޒަކީ ޒުވާނުންނަށް ފައިދާހުރި އަދި ޒުވާނުން ބާރުވެރި ކުރުވުމަށާއި ހެޔޮ ގޮތުގައި ޒުވާނުންނަށް ވަގުތު ހޭދަކުރެވޭފަދަ ގިނަ ޙަރަކާތްތަކެއް ހިންގާ ތަނަކަށް ވެގެންދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.