ރާއްޖޭގެ ޚަބަރު ޓޯ ކޮށްފައި ހުރި ގިނަ ޢަދަދެއްގެ ސައިކަލް ތަކެއް ފުލުހުން ނައްތާލަނީ

ޓޯ ކޮށްފައި ހުރި ގިނަ ޢަދަދެއްގެ ސައިކަލް ތަކެއް ފުލުހުން ނައްތާލަނީ

ޓޯ ކޮށްފައި ހުރި ގިނަ ޢަދަދެއްގެ ސައިކަލް ތަކެއް ފުލުހުން ނައްތާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން ޓޯވ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، ޤަވާޢިދުގައިވާ ގޮތުގެ މަތިން އެ އުޅަނދުތަކުގެ ވެރިން އެ އުޅަނދުތަކާ ޙަވާލުނުވެ ހުރި އުޅަނދުތައް ނައްތާލުމުގެ އެންމެފަހުގެ ތައްޔާރީތައް ފުލުހުން ފަށައިފިއެވެ.
އެއްގަމު އުޅަނދު ނައްތާލުމުގެ ތައްޔާރީތައް ވަމުންދަނީ 2012 ޖެނުއަރީ 05 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ ދަށުން މިހާތަނަށް ޓޯވކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، އެ އުޅަނދުތަކުގެ ވެރިން އެ އުޅަނދުތަކާ މިހާތަނަށް ޙަވާލުވެފައިނުވާ އުޅަނދުތަކެވެ.

ނައްތާލުމަށް ތިލަފުއްޓަށް ގެންދާ އުޅަނދު ތަކެއް

ނައްތާލުމަށް ތިލަފުއްޓަށް ގެންދާ އުޅަނދު ތަކެއް

އެގޮތުން މިހާރު ދޫނިދޫގައި ހުރި، ނައްތާލަންޖެހޭ ވެހިކަލްތައް ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް މާލެ ސިޓީ ކައުސިލާއި ފުލުހުންގެ ގުޅިގެން މިއަދު ވަނީފަށާފައެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފަހުން ކުރި އިޢުލާނަށްފަހުވެސް އޭގެ ވެރިފަރާތުން ގެންގޮސްފައިވަނީ ހަމައެކަނި 5 ސައިކަލެވެ. މިހާރު ނައްތާލުމަށް ތައްޔާރުކުރަމުންދަނީ 156 ސައިކަލާއި 560 ބައިސްކަލުގެ އިތުރުން ހަތަރު ފުރޮޅުލީ 6 އުޅަނދެކެވެ.

ނައްތާލުމަށް ތިލަފުއްޓަށް ގެންދާ އުޅަނދު ތަކެއް

ނައްތާލުމަށް ތިލަފުއްޓަށް ގެންދާ އުޅަނދު ތަކެއް

އުޅަނދުތައް ނައްތާލުމުގެ ތައްޔާރީތަކަށް މާލެ ސިޓީ ކައުންސިލްގެ ވަރަށްބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބެމުންދާ ކަމަށާއި، މިއުޅަނދުތައް ނައްތާލަމުން ގެންދާގޮތުގެ މަޢުލޫމާތު މީޑިއާތަކަށް ޙިއްސާކުރާގޮތަށް ވަނީ ހަމަޖެހިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް މިއުޅަނދުތައް ނައްތާލާ މަންޒަރުތައް ނެގުމުގެ ފުރުޞަތު ދިވެހި ނޫށްވެރިންނަށް ނުލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.