ޕީޕީއެމްގެ ރައީސް މައުމޫންގެ ނިންމެވުން ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ރައީސް މައުމޫންގެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމާފައި ވަނީ ޕްރޮސެކިޔުޓަރ ޖެނެރަލަކު އައްޔަނު ކުރުމުގެ މައްސަލާގައި ރައީސް މައުމޫނާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް އަންގަވައި ރައީސް މައުމޫން އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ރައީސަށާއި، ޕީޖީ ގުރޫޕްގެ މެންބަރުންނަށް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮންނެވެ.
މި މައްސަލާގައި ގޮތެއް ނިންމުމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު މެންދުރުފަހު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް މުހްތާޒް މުހްސިނަށް ވޯޓް ދިނުމަށެވެ. އަދި އެކަމަށްޓަކާ އެ ގުރޫޕުން މިއަދު ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ 38 މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އިރު، މުހްތާޒަށް ވޯޓުދިނުމަށް ފެންނަ ކަމަށް ތިރީސް ތިން މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މިއަދު ބޭއްވި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އޮބްޒާވަރެއްގެ ގޮތުގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަތުމަށް ނިންމެވި ނަމަވެސް އެކަން ފަހުން ވަނީ ކެންސަލްވެފައެވެ.
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން އޮންނާނީ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައެވެ.
މި މައްސަލާގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ ރައީށް މައުމޫންގެ އެންގެވުމަށް ދެކޮޅު ހައްދަވަން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެންބަރުންނަށް ކެރި ވަޑައިގަތީ ރައީސް ޔާމީން މީގެ ފަހަތުގައި ހުންނެވުމުން ކަމަށް ބެލެވެއެވެ. އެގޮތުން ޕީޖީ ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރެއްވުމަށް ރައީސް ޔާމީން 2 ބޭފުޅެއްގެ ނަން ފޮނުއްވުމީ މިކަމަށް ބާރު ލިބިދޭ ކަމެކެވެ.
ޕީޕީއެމްގެ ރައީސް މައުމޫންގެ ނިންމެވުން ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...