ރާއްޖޭގެ ޚަބަރު ދިވެހި އަސްކަރިއްޔާގެ ދެވަނަ ޤުރުއާން މުބާރާތުން އެއްވަނަ އަށް އައިޝަތު ޝަމާޢީލް ޙުޞައިން

ދިވެހި އަސްކަރިއްޔާގެ ދެވަނަ ޤުރުއާން މުބާރާތުން އެއްވަނަ އަށް އައިޝަތު ޝަމާޢީލް ޙުޞައިން

ދިވެހި އަސްކަރިއްޔާގެ ދެވަނަ ޤުރުއާން މުބާރާތުން އެއްވަނަ އަށް އައިޝަތު ޝަމާޢީލް ޙުޞައިން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ސިފައިންނާއި ސިފައިންގެ އާއިލާ ތަކުގެ ބޭފުޅުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކުރުމާއި ޤުރުއާނަށް އަހުކުވެރިކުރުމުގެ މަޤްޞަދުގައި ދިވެހި ސިފައިން ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި ދިވެހި އަސްކަރިއްޔާގެ ދެވަނަ ޤުރުއާން މުބާރާތް ނިމި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފިއެވެ.

މިމުބާރާތް ނިންމުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިސިލްފަރު ޙައްޖު އެންޑް އުމްރާ ގްރޫޕްގެ ޖެނެރަލް މެނޭޖަރ ހާމިދު ނަޝީދު މުޙަންމަދެވެ. ޖުމްލަ 61 ބައިވެރިއަކު ބައިވެރިވި މިމުބާރާތުގައި 7 ސިފައިންނާއި ސިފައިންގެ އާއިލާ ތަކުން 37 ފަރާތެެއްގެ އިތުރުން ކުޑަކުދިންގެ ހިޔާއިން 17 ދަރިވަރަކު ބައިވެރިވެފައިވެއެވެ.
މިމުބާރާތުގައި ސިފައިންގެ ތެރެއިން 01 ވަނަ ހޯދައި ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޤުރޫޕުން ދެއްވާ 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު ހާސިލުކުރި ފަރާތަކީ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ފިރާޤް ޙަސަނެވެ.

ދިވެހި އަސްކަރިއްޔާގެ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ސިފައިންގެ އާއިލާތަކުގެ ކެޓަގަރީއިން ބައިވެރިވި އައިޝަތު ޝަމާޢިލް ޙުސައިނެވެ. މުޅި މުބާރާތުން 2 ވަނަ ހޯދާފައިވަނީ އައިޝަތު އަޒްޙާ އަޒްމީނެވެ. މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްޢާ ޝަހީނެވެ.
މިމުބާރާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރެއިން ސިފައިންގެ ތެރެއިން ބަލައިގެން ކިޔެވުމުން 1 ވަނަ ހޯދާފައިވަނީ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ފިރާޤެވެ. ސިފައިން އާއިލާތަކުން ހިތުން ކިޔެވުމުގެ ބައިން 1 ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްޢާ ޝަހީނެވެ. ސިފައިންގެ އާއިލާތަކުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހޯދާފައިވަނީ އާއިޝަތު ޝަމާއިލް ޙުސައިނެވެ. ކުޑަކުދިންގެ ހިޔާގެ ދަރިވަރުންގެ ތެރެއިން 1 ވަނަ ހޯދާފައިވަނީ އައިޝަތު މާޒިނާއެވެ.

މިމުބާރާތުގެ އެކިއުމުރުފުރާތަކުގެ ތެރެއިން ހިތުން ކިޔެވުމުގެ ބައިން 16 އަހަރުން ދަށުގެ 1 ވަނަ ހޯދާފައިވަނީ ފާތިމަތު ރަޒާ އަސްލަމެވެ. ހިތުން ކިޔެވުމުގެ ބައިން 12 އަހަރުން ދަށުގެ 1 ވަނަ ހޯދާފައިވަނީ ޢަބްދުﷲ މުއުމިނެވެ. ހިތުން ކިޔެވުމުގެ ބައިން 8 އަހަރުން ދަށުގެ 1 ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްޢާ ޝަހީނެވެ.

އުމުރުފުރާތަކުގެ ކެޓަގަރީއިން ބަލައިގެން ކިޔެވުމުގެ ބައިން 16 އަހަރުން ދަށުގެ 1 ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްއާ ޝަހީނެވެ. ބަލައިގެން ކިޔެވުމުގެ ބައިން 12 އަހަރުން ދަށުގެ 1 ވަނަ ހޯދާފައިވަނީ އައިޝަތު އަޒްޙާ އަޒްމީނެވެ. ބަލައިގެން ކިޔެވުމުގެ ބައިން 8 އަހަރުން ދަށުގެ 1 ވަނަ ހޯދާފައިވަނީ މުޙައްމަދު ރާމިން އިސްމާޢީލް ރިޒާއެވެ.

މިމުބާރާތުގެ މުޅި މުބާރާތުން އެއްވަނައާއި ޢުމްރާ ދަތުރު ލިބުނު ފަރާތަށާއި އެކިއުމުރުފުރާތަކުން އެއްވަނައާއި ކުޑަކުދިންގެ ހިޔާއިން އެއްވަނަ ލިބުނު ފަރާތަށް އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޤުރޫޕްގެ ޖެނެރަލް މެނޭޖަރ ހާމިދު ނަޝީދު މުޙަންމަދެވެ.
އެކިއުމުރުފުރާތަކުގެ ބައިން 2 ވަނަ އަދި 3 ހޯދި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ދިވެހި ސިފައިން ކްލަބުގެ ޖެނެރަލް ސެކެރެޓަރީ މޭޖަރ ޢަބްދުއްސަލާމެވެ. އަދި ކުޑަކުދިންގެ ހިޔާއިން ބައިވެރިވި ފަރާތްތަކަށާއި ފަނޑިޔާރުކަންކޮށްދިން ފަރާތްތަކުގެ އިތުރުން މުބާރާތް ހިންގުމުގައި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސިފައިން ކްލަބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ސިފައިންގެ ތެރެއިން 1 ވަނަ ހޯދާ ފަރާތަށް ހުށަހެޅި އުމްރާ ދަތުރު ހަމަޖައްސަވައިދެއްވި ފަރާތަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދިވެހި ސިފައިން ކްލަބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދެވެ.

ޖުލައި މަހުގެ 12 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފަނޑިޔާރުންގެ ޕެނެލްގައި ހިމެނެނިވަޑައިގަންނަވަނީ އަލްޤާރީ އަޙްމަދު ފަޔާޒާއި، އަލްޤާރީ ހާމިދު އަޙްމަދު ގެ އިތުރުން އަލްޤާރީ މޫސާ އަޙްމަދެވެ. މިމުބާރާތުގެ މުޤައްރަރުތައް ބަހާފައި ވަނީ ތިން ބަޔަކަށެވެ. އެއީ ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމާއި އަދި ސިފައިންނަށް ޚާއްޞަކޮށްފައިވާ ބައެވެ. މި މުބާރާތުގައި ބައިވެރިވާ ސިފައިންގެ މުޤައްރަރަކީ ހިތުން ކިޔެވުމުގެ ބައިން ކީރިތި ޤުރުއާނުގެ 29 އަދި 30 ވަނަ ފޮތުގެ ނިޔަލަށެވެ. ބަލައިން ކިޔެވުމުގެ ބައިން ކީރިތި ޤުރުއާނުގެ 1 ވަނަ ފޮތުން ފެށިގެން 10 ވަނަ ފޮތުގެ ނިޔަލަށެވެ.

ދިވެހި އަސްކަރިއްޔާގެ ދެ ވަނަ ޤުރުއާން މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޝަފީޤާއި ދިވެހި ސިފައިން ކަލްބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދާއި ޖެނެރަލް ސެކެރެޓަރީ މޭޖަރ ޢަބްދުއްސަލާމާއި މުބާރާތުގައި ބައިވެރިވި ފަރާތްތަކާއި ބައިވެރިވި ކުޑަކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.