ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއި އިތުރު ބައެއް ފުލުހުން މަސްތުވާ ތަކެއްޗަށް ޓެސްޓު ކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާ ތަކެއްޗަށް ފުލުހުން ޓެސްޓު ކުރަން ފަށާފައި މިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން އިސް ނަގައިގެން ދިވެހި ފުލުހުންނަކީ މަސްތުވާ ތަކެތީގެ ވަބާއިން ދުރުގައި ތިބި ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ފުލުހުން މަސްތުވާ ތަކެއްޗަށް ޓެސްޓް ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން ރޭ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑަށް ހާޒިރުކޮށް އޭނާގެ ކުޑަކަމުދާ ތަކެތި ނަގައި ޓެސްޓް ކޮށްފަައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ ކުޑަކަމުދާ ތަކެތި ނަގައި ޓެސްޓް ކުރެވިފައި ވަނީ ކުރިން އެފަދަ ކަމެއް ކުރަން އުޅޭކަން އެންގުމަކާ ނުލައި ކަމަށާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ ކުޑަކަމުދާ ތަކެތީގެ ޓެސްޓުގެ ނަތީޖާއިން ޙުޞައިން ވަޙީދަކީ މަސްތުވާ ތަކެތި ބޭނުން ކުރައްވާ ބޭފުޅެއް ނޫންކަން ޔަޤީން ކުރެވިފައި ވާކަމަށް ފުލުސް އޮފީހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މަސްތުވާ ތަކެއްޗަށް ފުލުހުން ޓެސްޓު ކުރަން ފަށާފައިވަނީ ދެހާސް ބާރަވަނަ އަހަރު އެކަމަށް ކަނޑައެޅުނު ޚާއްޞަ އޯޑަރެއްގެ ދަށުން ކަމަށާއި، ކޮންމެ މަހަކުވެސް އެމަހަކު ޓެސްޓް ކުރަންޖެހޭ ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ރެންޑަމްކޮށް ނެގުމަށްފަހު އެފުލުހުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑަށް ހާޒިރުކޮށް ކުރިން އެނގުމަކާއި ނުލާ ޓެސްޓު ކުރަމުން ގެންދާ ކަމަށެވެ.
މިޕްރޮގްރާމުގެ ދަށުން ކޮންމެ މަހަކު އަށް ފުލުހަކު ޓެސްޓް ކުރަމުން ގެންދާ ކަމަށާއި، މިހާތަނަށް ސަތޭކަ ފަސްދޮޅަސް ހަތް ފުލުހެއްގެ ކުޑަކަމުދާ ތަކެތި ނަގައި މަސްތުވާ ތަކެއްޗަށް ޓެސްޓް ކުރެވިފައި ވާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ފުލުހަށް ޙާޒިރު ކޮށް މަސްތުވާ ތަކެއްޗަށް ޓެސްޓު ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...