ދުނިޔެ ހަނގުރާމަ ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުމަކީ ޔަހޫދީންގެ މަޅިއެއް ؟

ހަނގުރާމަ ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުމަކީ ޔަހޫދީންގެ މަޅިއެއް ؟

ހަނގުރާމަ ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުމަކީ ޔަހޫދީންގެ މަޅިއެއް ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ޔަހޫދީ އިޒްރޭލުން ފޭރިގެން އުޅޭ ފަލަސްޠީނުގެ ބިމުން ތިން ޔަހޫދީ އަކު ވަގަށް ނަގައި މަރާލި ކަމަށް ބުނެ އިޒްރޭލުގެ ހަރުކަށި ޔަހޫދީ ޓެރަރިސްޓް ސަރުކާރުން ފަލސްޠީނީން މަރަމުން ގެންދާއިރު މިކަމަށް އެންމެ ބޮޑަށް ވާގިވެރިވަމުން ގެންދަނީ މަކަރާއި ޔަހޫދީކަން ގަދަ މިސްރުގެ ފޭރިގެންފައިވާ ސަރުކާރުން ނެވެ. މި ދެބައި މީހުންގެ ކިބައިގައި ހުރި އެއްގޮތް ކަމަކީ އެއްބަޔަކު އެހެން ބައެއްގެ ބިމެއް ފޭރި ގަނެގެން އުޅޭ އިރު އަނެއްބަޔަކު މިވަނީ އެ ޤައުމުގެ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން އިންތިޚާބުު ކުރި އެ ޤައުމުގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުން ހޮވާފައިވާ ރައީސްގެ ވެރިކަން ފޭރިގަނެގެންނެވެ. މި ނޫނަސް މި ދެބައި މީހުންގެ ތެރޭގައި ވެސް މަކަރާއި ޔަހޫދީ ކަން ވެސް އެއްވަރަކަށް އޮތް ކަމަށް ގިނަ ބަޔަކު ސިފަ ކުރަނީ ސަބަބެއް ނެތި ނޫން ކަން ދުނިޔެއަށް މިދަނީ ހާމަ ވަމުން ނެވެ.
މިސްރުގެ ބާޣީ ސަރުކާރުގެ މަކަރުވެރިކަން ހާމަވީ ފުރަތަމަ ކަމަކީ ބަޣާވާތަކުން މިސްރުގެ ވެރިކަން ވައްޓާލި ގޮތަށް މިވެރިން އަވަސްވެގަތީ ކުރީގެ ރައީސް މުރުޞީގެ ވެރިކަމުގައި ހުޅުވާފައިވާ ފަލަސްޠީނުގެ ރަފަޙް ބޯޑަރު ބަންދު ކުރުމަށެވެ. ބޯޑަރު އެކަނި ބަންދު ކުރީކީ ވެސް ނޫނެވެ. އޭގެ އިތުރުން ޣައްޒާ އަށް ބިމުގެ އަޑިން ކާނާ އާއި ބޭސް އެތެރެ ކުރަން އެތައް އަހަރެއްގެ މަސައްކަތު ފަލަސްޠީނު ރައްޔިތުން ހަދާފައިވާ ބިންގަރާސް މަގުތައް ވެސް ޔަހޫދީން ބުނި ގޮތަށް ތަޅާ ސުންނާފަތި ކުރީއެވެ.
އެއަށްފަހު ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ އިޒްރޭލުން އެތައް އަހުވައެއް ދައްކަމުން ގެންދިޔަ އިރު ފަލަސްޠީނުގެ ޣައްޒާ އަކީ ދުނިޔެ މަތީގައި އޮތް އިންސާނީ އެންމެ ބޮޑު ޖަލުގެ ގޮތުގައި އެތަނަށް ޒިޔާރަތްކުރި އެތައް ބަޔަކު ވަނީ ސިފަ ކޮށްފައެވެ. އެހެނީ ކަރައްޓެއް ބޯފެނެއް ސިއްޙީ ރަނގަޅު ޚިދުމަތެއް ލިބެން ނެތްއިރު ކާބޯތަކެތި ވެސް ވިއްކަނީ ޔަހޫދީ އިޒްރޭލުން ބޭނުން އަގެއްގަ އެވެ. މިތަކެތި މިއަށްވުރެ އަގު ހެޔޮ ކުރެވޭތޯ މިސްރުގެ ސަރަޙައްދީ ރޮނގު ހުރަސް ކޮށް ބިންގަރާސް މަގުތައް ހަދައިގެން ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ގެންދިޔަ މަސައްކަތް ވެސް ޔަހޫދީންނާއި އެއްބައި ވެގެން މިސްރުގެ ބާޣީ ސަރުކާރުން ވަނީ ހުއްޓުވާފައެވެ.
ދެންފެނުނީ ޔަހޫދީ އިޒްރޭލުން ނުކުމެ ބަހަނާއެއް ދައްކައިގެން ޣައްޒާގެ ރައްޔިތުންމިނި ކަތިލާން ފެށި މަންޒަރެވެ. އެމެރިކާއިން ހިލޭ ސާބަހަށް ދީފައި ހުރި އެންމެ މި ޒަމާނުގެ ހަތިޔާރުން ކުށެއް ނެތް ފަލަސްޠީނުގެ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ކަތިލާތާ ހައެއްކަ ދުވަސް ވީއިރު ޣައްޒާގެ ހޮސްޕިޓަލު ތަކުގައި ވަނީ ބޭސް ފަރުވާ ކުރެވޭނެ ޙާލަތެއް ވެސް ނެތި އިންސާނީ ބޮޑު ކާރިސާ އަކާއި ކުރިމަތި ވެފައެވެ.
އެހެން ނަމަވެސް ޔަހޫދީންނަށް ބައިއަތު ހިފައިގެން އޮތް މިސްރުގެ ސަރުކާރަށް ކަމެއް ވާހެންވެސް ހީނުވެއެވެ. އެހެން ނަމަވެސް މިކަންކަމާއި ދެކޮޅަށް އަޑު އުފުލާ މިސްރުގައި މުޒާހަރާ ކުރަން ފެށުމުން ބާޣީ ސަރުކާރަށް މަޖުބޫރު ވެގެން ރަފަޙް ބޯޑަރު ހުޅުވާލި އެވެ. އަދި ޔަހޫދީ ހުރިހާ މީޑިޔާ ތަކުން މިސްރުން ޣައްޒާ އަށް ވަރަށް ބޮޑަށް އެހީވާ ކަމަށް ބުނެ މެޑިކަލް ޒާމާނު ހިފައިގެން ކައިރި ޤައުމަކުން ޣައްޒާ އަށް ވަންނަން ދިޔަ ޓްރަކެއް މެދު ނުކެނޑި ދެއްކި އެވެ. އެހެނަސް ފަލަސްޠީނާއި އިސްލާމީ އުއްމަތް ދަންނަ އެއްވެސް މީހަކަށް މިސްރުގެ ލާދީނީ ސަރުކާރުގެ ގޮތް އޮޅިފައެއް ނުވާނެއެވެ.

Save Gaza

ކަން ހިނގީވެސް ހަމަ ހީކޮށްގެން ތިބި ގޮތަށެވެ. ޣައްޒާ އަށް ކާބޯ ތަކެއްޗާއި ބޭސް ފަދަ ސާމާނު ވައްދާތަން ބަލަން މިސްރުގެ ބާޣީ ސަރުކާރަކަށް މާގިނައިރަކު ކެތެއް ނުވިއެވެ. ބޯޑަރު ހުޅުވިތާ 24 ގަޑިއިރު ނުވަނީ ފަލަސްޠީނު ރައްޔިތުން ބޯޑަރު ކައިރީ ހަމަނުޖެހުން ހިންގަފާނެ ކަމަށް ބުނެ ބޯޑަރު ބަންދު ކޮށްފިއެވެ. އަނެއްކާވެސް ޣައްޒާގެ ރައްޔިތުން ޖަލުގައި ބަންދު ކޮށްފިއެވެ. އެހެނަސް ޔަހޫދީ އެއްވެސް މީޑިޔާ އަކުން ވެސް ބީޑަރު ބަންދުކުރި ވާހަކައެއް ނުކިޔައެވެ. އެހެން ކަމުން މުޅިދުނިޔެ އަށް ހީވެފައި އޮތީ މިސްރުން ބޯޑަރު ވެސް ހުޅުވާލައިގެން ޣައްޒާ އަށް ވަރަށް އެހީވާ ކަމަށެވެ.
އެހެން ނަމަވެސް މިކަން ވެސް ފަލީޙަތްވީ އޭގެ ދެތިން ދުވަސް ފަހުން ޣައްޒާގެ މައި ހޮސްޕިޓަލުން އެމެޖެންސީގައި ބޭނުން ކުރާ ބޭސް ތަކާއި މަލަނާއި ކަފަ އަދި ޑޮކްޓަރުންގެ އަންގި ފަދަ ސާމާނު ހުސްވުމުންނެވެ. މިހާތަނުން މިސްރުން އޮތީ ބޯޑަރު ބަންދު ކޮށްގެން ކަން މުޅި ދުނިޔެއަށް ބޭޒާރުވާން ފެށުމުން އަނެއްކާވެސް ބޯޑަރު ހުޅުވާލިއެވެ.

palas

ދެން ޖެހި މަޅި އަކީ ފަލަސްޠީނުގެ މުޖާހިދުންނަށް ވެސް ނޭނގި ކުއްލި ގޮތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނެރުމެވެ. އޭރު މުޅި ޣައްޒާ މިއޮތީ ތަޅާ ސުންނާފަތި ކޮށްލާފައެވެ. ސްކޫލް ތަކާއި މިސްކިތް ތަކާއި ހޮސްޕިޓަލް ތަކަކީ ހަނގުރާމަވެރިންގެ މަރުކަޒު ތައް ކަމަށްބުނެ ޖެހިލުމެއް ނެތި އެތަންތަނުގައި ތިބި އަޅުކަން ކުރާ މީހުންނާއި ކިޔަވާ ކުދިންނާއި ބަލިމީހުންނަށް ބެލުމެއް ނެތި އެމެރިކާގެ ދީލަތި އެހީގައި މުސްލިމުން މަރަން ވެދުންކުރި ހަތިޔާރުގެ ބާރު ދައްކާލާފައެވެ.

miskiyy

މިކަމުގެ ރުޅީގައި ފަލަސްޠީނުގެ މުޖާހިދުންގެ ޙަމަލާތައް އިންތިހާ އަށް ވަރުގަދަ ކޮށް ޔަހޫދީންގެ ބޮލަށް ރޮކެޓްގެ ވާރޭ ވެހެން ފެށުމާއި މުޅި އިސްލާމީ އުއްމަތުގެ ބަދު ދުޢާގައި ޔަހޫދީންނަށް ވަނީ އާދަޔާ ޚިލާފު ބިރުވެރިކަމެއް އިޙުސާސް ވެފައެވެ. މިއާާއި އެކު ޔަހޫދީ އިޒްރޭލުން މިސްރުގެ އެއްބަސްވުން ހަމަ އިޢުލާނު ކުރި ތަނުން އެ ބަލައިގަނެ ކިޔަމަންވެ ހަނގުރާމަ ހުއްޓާލިކަން މުޅިދުނިޔެއަށް އިޢުލާނު ކުރީ ކީއއްވެކަން ވެސް އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވިފައި ވަނީ މުޖާހިދުންނަށެވެ. އެހެން ކަމުން މިސްރުން އިޢުލާނު ކުރި ހަނގުރާމަ ހުއްޓާލުމުގެ މަޅިއަކީ ޔަހޫދީންގެ މަޅިއެއްކަން އެންމެ ރަނގަޅަށް ދެނެތިބީ ފަލަސްޠީނުގެ މުޖާހިދުންނެވެ. މުޖާހިދުންނަށް އެނގުމަކާ ނުލާ ކުއްލި ގޮތަކަށް މިސްރުން މި އިޢުލާނު ކުރި އެއްބަސްވުމަކީ ޔަހޫދީ މަޅިއެއްގައި މުޖާހިދުން ބައްދާ ޣައްޒާ ހަފުސްކޮށްލުމަށް ނުވަތަ މުޖާހިދުންގެ ޙަމަލާތައް މިސްރުން އެދުނު ގޮތަށް ހުއްޓާ ނުލީ ކަމަށް ބުނެ މުސްލިމުންނާއި ދުނިޔޭގެ ހަމްދަރުދީ ހޯދައި މުޖާހިދުންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި ޔަހޫދީންނާއި އެއްބައިވެގެން ޣައްޒާގެ ބޯޑަރު ބަންދު ކުރަން ޖެހި މަޅިއެއް ނަމަވެސް މުޖާހިދުން މިފަހަރު އިޚްތިޔާރު ކުރީ ޔަހޫދީންނާއި ހަނގުރާމަ ކޮށް ނަޞްރު ހޯދުން ނުވަތަ ދުނިޔެމަތީގެ އެންމެ މާތް މަތިވެރި މަރަކުން ޝަހީދެއްގެ ގޮތުގައި މަރުވެގެން ދިޔުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.