ވޯލްޑްކަޕުގެ ޗެމްޕިއަން ޓީމުގައި ހިމެނޭ މެސުޓް އޮޒިލް އަށް ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދުމުން ލިބުނު ހުރިހާ ފައިސާ އެއް ފަލަސްޠީނުގެ ޣައްޒާ އަށް ހަދިޔާ ކުރުމަށް އޮޒިލް ނިންމައިފި އެވެ.
ބައިނަލް އަޤްވާމީ މީޑިޔާ ތަކުން ބުނީ މިއަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ޖަރުމަނު ވިލާތުގެ ޤައުމީ ޓީމުގައި ހިމެނުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން މުސްލިމެއް ކަމަށްވާ މެސުޓް އޮލް އަށް ލިބުނު އަދި ލިބޭނެ ހުރިހާ ފައިސާ އެއް ޔަހޫދީ އިޒްރޭލުގެ އަނިޔާވެރި ޓެރަރިސްޓް ޙަމަލާ ތަކުގައި ޒަޚަމްވަމުން ދާ އަދި ޒަޚަމް ވެފައިވާ ތުއްތު ކުދިންގެ ޙައްޤުގައި ޚައިރާތު ކުރުމަށް ނިންމާފައި ވާކަމަށެވެ.
އެގޮތުން ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދުމުން މިހާތަނަށް އޭނާ އަށް ބޯނަސްގެ ގޮތުގައި ލިބުނު 300،000.00 ޔޫރޯ ނުވަތަ 406،000.00 ޑޮލަރާއި، ސެމީ ފައިނަލުން މޮޅުވުމުން ލިބުނު 150،000.00 ޔޫރޯ ނުވަތަ 203،000.00 ޑޮލަރުވެސް ފަލަސްޠީނުގެ ޣައްޒާގައި ޙާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ހަދިޔާ ކުރުމަށް އޮޒިލް ނިންމާފައި ވާކަމަށް ބޭރުގެ މީޑިޔާ ތަކުން ވަނީ ބުނެފަ އެވެ.
އެހެން ކަމުން އޮޒިލްގެ ފަރާތުން މިހާތަނަށް ސުމެއް ޕޮއިންޓް ހަތެއް މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލައިފި ނަމަ މިލިޔަނެއްހާ ރުފިޔާ ޔަހޫދީންގެ އަނިޔާވެރި ކަމުގައި ފުރާނަޔާއި ހަނގުރާމަ ކުރަމުން ގެންދާ ނިކަމެތި ކުޑަކުދިންނަށް ލިބިފައި ވެއެވެ.
އޮޒިލް އަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އިސްލާމް ދީނަށް ލޯބި ކުރާ ކަމަށް މަޝްހޫރު މޮޅު ކުޅުންތެރި އެކެވެ. އެގޮތުން ދާދި ފަހުން ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބުނެފައި ވަނީ އޭނާއާއި އެއް ކްލަބަކަށް ކުޅުނު އޮޒިލްގެ ފަރާތުން އިސްލާމް ދީނަށް ހުންނަ އާދަޔާ ޚިލާފު ޝައުޤުވެރި ކަމެއްގެ ބޮޑުކަމުން އޮޒިލް ނަމާދު ކުރާތަނާއި ޤުރުއާން ކިޔަވާތަން ވަރަށް ގިނައިން އޭނާ އަށް ފެންނަ ކަމަށާއި، މިކަމާއި އޮޒިލްއާއި ސުވާލު ކުރުމުން ދީފައިވާ މަޢުލޫމާތުގެ އަލީގައި އޭނާ ވެސް އިސްލާމް ދީނަށް ޝައުޤުވެރި ވެފައި ވާކަމަށެވެ.
އެގޮތުން އޮޒިލްގެ ކިބައިން ޤުރުއާން ކިޔެވުމަށާއި ނަމާދު ކުރަން ދަސްކޮށްފައި ވާކަމަށް ރޮނާލްޑޯ ވަނީ ހާމަ ކޮށްފައެވެ.
ޖަރުމަނު ވިލާތުގެ ރައްޔިތެއް ކަމަށްވާ އޮޒިލް އަކީ ތުރުކީ ނަސްލުގެ ޢަރަބި ނަސްލަކަށް ނިސްބަތްވާ މުސްލިމަކަށް ވާއިރު އޮޒިލްގެ އިތުރުން މުސްލިމެއް ކަމަށްވާ ސާމީ ކަދީރާ ވެސްޖަރުމަނު ވިލާތުގެ ޤައުމީ ޓީމުގައި ހިމެނެއެވެ.
ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދުމުން ލިބުނު ހުރިހާ ފައިސާ އެއް ފަލަސްޠީނުގެ ޣައްޒާ އަށް
ކޮމެންޓް (0)
ލޯޑް ކުރަމުން...