ރާއްޖޭގެ ޚަބަރު ރޯދަމަހާ ރޯއްޖާ މިފަހަރު ބުރުންޏަށް ؟

ރޯދަމަހާ ރޯއްޖާ މިފަހަރު ބުރުންޏަށް ؟

ރޯދަމަހާ ރޯއްޖާ މިފަހަރު ބުރުންޏަށް ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރޯދަ މަހާއި ރޯއްޖާ ލައިގަތީ ށ ފުނަދޫގެ ރައްޔިތުންނަށެވެ. އެފަހަރު ފުނަދުއާއި ފުނަދޫ ފަޅު ތެރޭގައި އޮންނަ ފަރުކޮޅުން ކޮންމެ ދުވަހަކުހެން ދުވާލަކު އެތައް ހާހަކުން ހިފަމުން ގެންދިޔައީ ރިންމަހާއި ކަށިމަހެވެ. މަދު ފަހަރަކު ލައްޓި ރާގޮނޑި އެއް ވެސް ހިފިފައި ހުރެދާނެ އެވެ. މި މަސްތަކުން ފުނަދޫގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި އިރު މީގެ ތެރެއިން ގިނަ ބަޔަކު ވަނީ މި ބަރަކާތްތެރި ރަމަޟާން މަހަށް ޓަކައި އެއިން ބައެއް ފަހަށް ވެސް ރައްކާ ކޮށްފައެވެ.

13

ފުނަދުއަށް ފަހު ﷲގެ ރަޙުމަތުން މި ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއި އެކު އަނެއްކާ ވެސް ރޯދަ މަހާއި ރޯއްޖާ މިއޮތީ ލައްވާލާފަ އެވެ. މިފަހަރު ފުނަދުއަކަށް ނޫނެވެ. މިފަހަރު ތ އަތޮޅު ބުރުންޏަށެވެ. ތާޒާ ލައްޓި އާއި ރާގޮނޑީގެ ބޮޑެތި އައިންތައް މި ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ދެ ދުވަހަކުން އެއްދުވަހު ކަހަލަ ގޮތަކަށް ބުރުނީގެ ފަޅުތެރެ އަށް ވަދެ އެރަށު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެމުން އެބަ އާދެއެވެ.

ބުރުންޏަށް ބަރަކާތުގެ މަސް އައިނެއް އަރުވަނީ : ﷲ އީ ހީ ނުކުރާ ގޮތްގޮތުން ރިޒްޤު ތަނަަވަސް ކޮށްދެއްވާ އިލާހު

ބުރުންޏަށް ބަރަކާތުގެ މަސް އައިނެއް އަރުވަނީ : ﷲ އީ ހީ ނުކުރާ ގޮތްގޮތުން ރިޒްޤު ތަނަަވަސް ކޮށްދެއްވާ އިލާހު

ފުނަދުއަށްފަހު ބަރަކާތުގެ އައިން ތައް މެދު ނުކެނޑި ބުރުންޏަށް އަރުވަމުން ގެންދާއިރު އިހަށްދުވަހުވެސް ވަނީ 5900 އަށްވުރެ ގިނަ ލައްޓި އާއި ރާގޮނޑި ބުރުންޏަށް އަރުވާފަ އެވެ. ރަށުގެ ހުރިހާ ރައްޔިތުންނަށް ބޮލަކަށް އަދި ރަށުގެ ކޮންމެ ގެއަކަށް ވެސް ބައި އަޅައިގެން މި މަސްތައް ބަހަމުން ގެންދާއިރު، ރަށުގައި ދިރިއުޅޭ ބިދޭސީންނާއި އެކި އެކި މުހުތާދު ތަކުގައި މިވަގުތު ބުރުންޏަށް ގޮސްތިބި މީހުންނަށް ވެސް ހަމައަށް ބައި އަޅަމުން ގެންދެއެވެ.

ބުރުންޏަށް ބަރަކާތުގެ މަސް އައިނެއް އަރުވަނީ : ﷲ އީ ހީ ނުކުރާ ގޮތްގޮތުން ރިޒްޤު ތަނަަވަސް ކޮށްދެއްވާ އިލާހު

ބުރުންޏަށް ބަރަކާތުގެ މަސް އައިނެއް އަރުވަނީ : ﷲ އީ ހީ ނުކުރާ ގޮތްގޮތުން ރިޒްޤު ތަނަަވަސް ކޮށްދެއްވާ އިލާހު

އެހެން ކަމުން މި ބަރަކާތުގެ މާތް މަތިވެރި މައްސަރުގައި ބުރުނީގެ ރައްޔިތުންނަށް މާތް ﷲ ދެއްވި މި މަތިވެރި ރިޒްޤުގެ ބަރަކާތުން ބުރުނީގެ ރައްޔިތުންގެ އިތުރުން އެތައް ބަޔަކަށް ދަނީ އުފާވެރިކަން ގެނެސްދެމުންނެވެ.
އަދި މިފަދަ އުފާވެރި ޚަބަރު ތަކުން ދިއިސްލާމްގެ ކިޔުންތެރިންނަށް ވެސް އުފާވެރިކަން އިޙުސާސް ކުރެވޭނެ ކަމުގެ އުއްމީދުގައި އަޅުގަނޑުގެ ދުޢާ އަކީ މާތް ﷲ ބުރުންޏަށް ދެއްވާފައިވާ މި ނިޢުމަތް ތާ އަބަދަށް މިންވަރު ކުރެއްވުމެވެ. އަދި އެންމެހާ މުއުމިނު ތަކުންނާއި މުސްލިިމު ތަކުންނާއި އިސްލާމީ އުއްމަތަށް މިފަދަ ބަރަކާތްތަކުން އުފާވެރިކަން ޙާޞިލުކޮށް ދެއްވާ ރާއްޖޭގެ ގޮނޑުދޮށް ތަކުގައި ބަރަކާތުގެ މަސް އައިންތައް ގިނަގިނައިން ލެއްވުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.