ރާއްޖޭގެ ޚަބަރު އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކް އިތުރަށް ފުޅާކުރުމަށް އެކުންފުނިން ނިންމައިފި

އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކް އިތުރަށް ފުޅާކުރުމަށް އެކުންފުނިން ނިންމައިފި

އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކް އިތުރަށް ފުޅާކުރުމަށް އެކުންފުނިން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި މުވާސަލާތީ ގުޅުމުގެ ޚިދުމަތްދޭ ޤަޠަރުގެ ކުންފުނި އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކް އިތުރަށް ފުޅާކުރުމަށް އެކުންފުނިން ނިންމައިފިއެވެ.
މިކަމާ ގުޅޭ ގޮތުން މިއަދު ހެނދުނު ބޭއްވި ނޫށްވެރިންގެ ބައްދަލު ވުމެއްގައި އުރީދޫ މޯލްޑިވްސްއިން ބުނީ އެކުންފުނީގެ ތްރީޖީ ޕްލަސް ނެޓްވޯކް އިތުރަށް ފުޅާ ކުރުމަށް ކުންފުނިން ނިންމާފައި ވާކަމަށާއި، މި މަސައްކަތް ނިމޭއިރު މުޅި ރާއްޖޭގެ ނުވަދިހަ ފަހެއް އިންސައްތައަށް އުރީދޫގެ ތްރީޖީ ޕްލަސްގެ ޚިދުމަތް ލިބިގެން ދާނެ ކަމަށެވެ.
އެހެން ކަމުން އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކުގެ ޚިދުމަތް މިހާރު ފުޅާ ކޮށްފައިވާ ރަށް ރަށުގެ އިތުރުން އިތުރު ފަސްދޮޅަސް ހަތަރު ރަށަކަށް އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކްގެ ޚިދުމަތް މުޅިން އަލަށް ލިބިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އަލަށް ފަންސަވީސް މިިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭއިރު، ރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން ހއ. ހދ. ކ. ބ. ދ. ފ. ގއ. ގދ. ލ. މ. ނ. ރ. ށ. ތ. އއ. އދ. އަދި ވ.އަތޮޅުގައި އެ ކުންފުނިން މިހާރު ދެމުން ގެންދާ އުރީދޫގެ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށެވެ.
އުރީދޫ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިރާއްޖެ އިތުރަށް ފުރިހަމަ ކޮށްދިނުން ކަމަށާއި ކުރިޔަށް އޮތް ތަނުގައި އުރީދޫގެ ތްރީޖީ ޕްލަސްނެޓްވޯކް މުޅި ރާއްޖެ އަށް ފުޅާކުރާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.