މިސްކިތް ފަންޑުން ކޮށްފައިވާ ޚަރަދު ތަކުގެ ހުރިހާ ތަފްޞީލު ތަކެއް އިސްލާމިކް މިނިސްޓްރީން ޢާއްމު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ޢާއްމު ކޮށްފައިވާ މި ހިސާބު ތަކުގައި އެކި ރަށްރަށާއި، އަތޮޅު ތަކާއި ވަކި ވަކި މިސްކިތް ތަކަށް ފަންޑުން ޚަރަދު ކޮށްފައިވާ މިންވަރާއި، އެފައިސާ ޚަރަދު ކުރި ސަބަބާއި މިސްކިތާއި ފައިސާއިން ކުރި މަސައްކަތުގެ ފުރިހަމަ ތަފްޞީލުގެ އިތުރުން ވެސް ގިނަ މަޢުލޫމާތު ތަކެއް ހިމެނެއެވެ.
މިސްކިތް ފަންޑުން މިހާތަނަށް ފަނަރަ މިލިޔަނެއްހާ ރުފިޔާ ޚަރަދު ކޮށްފައި ވާއިރު، މީގެ ތެރެއިން އެއް ރަށަކަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ މާލެ އަށް ވަނީ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައެވެ. މީގެ އިތުރުން ދެވަނަ އަށް އެންމެ ބޮޑު ޚަރަދެއް ކުރި ގއ އަތޮޅަށް ދޭއް ޕޮއިންޓް ހަތެއް ފަހެއް މިލިޔަން ރުފިޔާ ޚަދަދު ކޮށްފައި ވާއިރު، ތިންވަނަ އަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ އައްޑޫ ސިޓީ އަށް ވެސް ވަނީ މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައެވެ. މި އަތޮޅު ތައް ފިޔަވައި އިތުރު އެއްވެސް އަތޮޅަކަށް އެއް މިލިޔަން ރުފިޔާ އާއި ހަމައަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.
މި ހިސާބު ތަކަށް ބަލާއިރު މިސްކިތް ފަންޑަށް މިހާތަނަށް އެކާވީސް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާ ލިބުނު އިރު، އޭގެ ތެރެއިން ސާދަ ޕޮއިންޓް ނުވައެއް މިލިޔަން ރުފިޔާ މިހާތަނަށް ވަނީ މާލެ އާއި އަތޮޅު ތެރޭގެ މިސްކިތް ތަކަށް ދޫކޮށްފައެވެ. އަދި އެއިން ހައެއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާ ޚަރަދު ކުރާނެ ގޮތް ކަނޑައަޅައި ދޫކުރަން ނިންމާފައި ވީނަމަވެސް އަދިވެސް އެ ފައިސާ ފަންޑުގައި ހުރި ކަމަށް ހިސާބު ތަކުން ދައްކައެވެ. ބެލެވޭ ގޮތުގައި މި ފައިސާ އަކީ މިސްކިތް ފަންޑުގެ ވަޤުފު ޢިމާރާތަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ފައިސާއެވެ. މި ފައިސާ މިސްކިތް ފަންޑުން އުނިކުރުމުން އެ ފަންޑުގައި މިހާރު ބާކީ ހުރީ ތިރީސް އަށްހާސް ނުވަދިހަ ހަ ރުފިޔާއެވެ
މިސްކިތް ފަންޑުގެ ފުރިހަމަ ތަފްޞީލު ބެއްލެވުމަށް . . .
މިސްކިތް ފަންޑުން ކޮށްފައިވާ ޚަރަދު ތަކުގެ ހުރިހާ ތަފްޞީލު ތަކެއް އިސްލާމިކް މިނިސްޓްރީން ޢާއްމު ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...