ފަލަސްޠީނުގެ ދިފާޢުގައި ތެދުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އިލްޔާސް ހުޞައިން ވިދާޅުވެއްޖެއެވެ.
ކީރިޠި ޤުރުއާނާއި ރަސޫލުﷲ ( ސޢވ ) ގެ ސުންނަތުގެ އަލީގައި ފަލަސްޠީނާއި މަސްޖިދުލް އަޤްޞާގެ މާތް ކަމާއި މަތިވެރި ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ފުޅު ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ ފަލަސްޠީނުގެ ބިމުގެ ވާރިސުންނަކީ މުސްލިމުން ކަމަށް އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަޤީން ވާކަމަށެވެ.
ޝެއިޚް ވިދާޅުވީ ތެދުވެރި މުއުމިނުންނަކީ އަޚުން ތަކެއް ކަން ކީރިޠި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަމަށާއި، އެންމެހާ މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށެވެ.
އެހެން ކަމުން މިއަދު ފަލަސްޠީނުގެ ބިމުގައި މުސްލިމުންނަށް ލިބެމުންދާ އަނިޔާ ތަކާއި ތަޙައްމަލު ކުރަމުން ގެންދާ ވޭނަކީ މުޅި އިސްލާމީ އުއްމަތުން ތަޙައްމަލު ކުރަމުން ގެންދާ ވޭނެއް ކަމަށް ޝެއިޚް ވިދާޅުވިއެވެ.
ފަލަސްޠީނުގެ މާތް ބިމުގައި މިއަދު މުސްލިމުން ކަޠިލަމުން ކުޑަކުދިން ދިރިތިއްބާ އަންދަމުން ގެންދާ ޔަހޫދީ ކުއްފާރުންގެ މައްޗަށް ﷲ ގެ ކުއްތާ ތަކުން ކުއްތާއެއް ފާ ކުރައްވައި އެބައިމީހުން ހަލާކު ކުރެއްވުމަށް ޝެއިޚް އިލްޔާސް ވަނީ ދުޢާ ކުރައްވާފައެވެ.
ޝެއިޚް އިލްޔާސް ވަނީ މިއަދަކީ ބަދުރުގެ މައިދާނުގައި އެންމެ 313 މުސްލިމުން ނުކުމެ ހާހަކަށްވުރެ ގިނަ ކާފަރުންގެ މައްޗަށް ނަޞްރު ހޯދި ދުވަސް ކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރި ވުމަށް ކުރާ ހޭދައަކީ ގެއްލިގެން ދާނެ އެއްޗެއް ނޫން ކަމަށާއި، އޭގެ އެތައް ގުނައެއް އިތުރަށް ﷲ ދެއްވާނެ ކަމުގެ ޔަޤީން ކަން އޮތް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކާ ހެޔޮ ދުޢާ ކޮށްދެއްވުމަށް ކަމަށް ވެސް ޝެއިޚް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...