ރާއްޖޭގެ ޚަބަރު ދިވެހި ރާއްޖެއިން ރިބާ ނައްތާލުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

ދިވެހި ރާއްޖެއިން ރިބާ ނައްތާލުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

ދިވެހި ރާއްޖެއިން ރިބާ ނައްތާލުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖެއިން ރިބާ ނައްތާލުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަމަށް ގޮވާލާފައި މި ވަނީ އެ މިނިސްޓްރީން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ ރޭތައް އިޙުޔާ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު ޑރ.އައިޝަތު މުނީޒާ އެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބު ޑރ.އައިޝަތު މުނީޒާ ވިދާޅުވީ، ދިވެހި ރާއްޖެއިން ރިބާ ނައްތާލަން ޖެހޭ ކަމަށާއި، މިކަން ކުރެވެން އަންނަނީ އިސްލާމީ މާލީ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވިގެން ކަމަށެވެ.

ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމުގެ ގޮތުން އިއްޔެރޭ ބޭއްވި ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު ޑރ.އައިޝަތު މުނީޒާ ވިދާޅުވީ ރާއްޖެއަށް އިސްލާމީ ފަތުރުވެރިކަން ގެނައުމަށް ބައެއް ފަރާތްތަކުން ޖެހިލުންވަނީ އިސްލާމީ އުޞޫލު ތަކާއި އެއްގޮތަށް ހިންގާ ފަތުރުވެރިކަމަކުން ލިބޭ ނަފާ ކުޑަވެ، ގެއްލުން ވެދާނެތީ ކަމަށާއި މިއީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. މިނިސްޓަރުގެ ނައިބު ވިދާޅުވީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ރަނގަޅު ނިޔަތުގައި ރަނގަޅު ނިޔަތުގައި ކަމެއް ކޮށްގެން ދެރަ ގޮތެއް މެދުވެރި ނުކުރާއްވާނެ ކަމަށް މާތް ﷲ ވައުދުވެ ވޮޑިގެންފައިވާ ކަމަށާއި ﷲ އާއި މެދު އުއްމީދު ނަގާލައިގެން ނުވާނެ ކަމަށެވެ.

އެހެން ކަމުން މިފަދަ ކަންކަން ފެށުމަށް ބޭނުން ވަނީ ހަރުދަނާ ޢަޤީދާ އަކާއި އެކު ހެޔޮ ނިޔަތުގައި ރަނގަޅު ގޮތުގައި ކަންކަން ކުރާނެ ފަރާތްތަކެއް ކަމަށް ޑރ މުނީޒާ ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގައި އިސްލާމީ އިގްތިސާދެއް ބިނާ ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން ޑރ.މުނީޒާ ވަނީ ރާއްޖެއިން ރިބާ ނައްތާލުމަށް ގޮވާލައްވާ، ރިބާ ނައްތާލެވޭނެ ގޮތް ތައް ވިދާޅުވެ ދެއްވާފައެވެ. ޑރ. މުނީޒާ ވިދާޅުވީ ރާއްޖެއިން ރިބާ ނައްތާލެވޭނީ ރާއްޖޭގައި އިސްލާމީ އިގްތިސާދެއް ގާއިމު ކޮށްގެން ކަމަށާއި، ދިވެހިރާއްޖެ އަށް އެފަދަ ނިޒާމެއްގެ ބޭނުން ވަރަށް ބޮޑުވެފައި ވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.