މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އޮފިސަރަކަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސަވާފައި ވާކަމަށާއި، މި މަޤާމަށް ހަމަޖައްސަވާފައި ވަނީ މަޖިލީހުގެ އިދާރާގައި ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އިރުޝާދާ އަބްދުއްސައްތާރު ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން އެ ގާނޫނުގެ ތިރީސް ހަ ވަނަ މާއްދާގެ ދަށުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރުން ތިބެންޖެހެއެވެ. މީގެ އިތުރުން އިންފޮމޭޝަން އޮފިސަރު ނުވަތަ އެ އިންފޮމޭޝަން އޮފިސަރުންގެ ނަމާއި މަގާމާއި އޭނާއާ ނުވަތަ އެ ބަޔަކާއި ގުޅޭނެ ގޮތް ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާ އެއްގައި އާންމުކޮށް ލިބޭނެމަގު ފަހިކޮށް ދިނުމަށް ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ލާޒިމް ކޮށްފައިވެއެވެ.
މި ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންފޮމޭޝަން އޮފިސަަރަކު ހަމަޖައްސަވާފައި ވަނީ ފުލުހުންގެ އިދާރާއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އޮފިސަރަކަށް ބޭފުޅަކު ހަމަޖައްސަވައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...