ރާއްޖޭގެ ޚަބަރު ﷲ ގަންދީ ކުރި ހުވަޔާއި ޚިލާފު ވުމުން ޖޭޕީން މެންބަރުންނަށް ދަޢުވާ ކުރަނީ

ﷲ ގަންދީ ކުރި ހުވަޔާއި ޚިލާފު ވުމުން ޖޭޕީން މެންބަރުންނަށް ދަޢުވާ ކުރަނީ

ﷲ ގަންދީ ކުރި ހުވަޔާއި ޚިލާފު ވުމުން ޖޭޕީން މެންބަރުންނަށް ދަޢުވާ ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް ފަހު އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކަށް ގޮސްފައިވާ މެންބަރުންނާ ދެކޮޅަށް ދައުވާކުރަން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.
ޖޭޕީގެ ކައުންސިލުންނާއި ޕާލިމެންޓްރީ ގްރޫޕުގެ އިއްތިފާގުން މިގޮތަށް ނިންމީ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ބޭފުޅުންނަކީ ޕާޓީ ބަދަލު ނުކުރުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކަށް ވާތީ އާއި އެ ބޭފުޅުން ޕާޓީ ބަދަލު ކުރެއްވުމުން އެ ޕާޓީ އަށް ލިބުނު ގެއްލުމާ ގުޅިގެން ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި މެންބަރުންނާ ދެކޮޅަށް ކުރާނީ މަދަނީ ދައުވާއެއްތޯ ނުވަތަ ޖިނާއީ ދައުވާއެއްތޯ ކަނޑައެޅުމަށްޓަކައި ޖުމްހޫރީޕާޓީގެ ޤާނޫނީ ވަކީލުން މެދުވެރިކޮށް މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީގެ މަޖިލިސް މެންބަރުން ޕީޕީއެމަށް ގެންދިޔުމަށް އެތައް މިލިއަން ރުފިޔާއެއްގެ ނާޖާއިޒް ފައިސާގެ މުއާމަލާތްތައް ހިންގާފައި ވާކަމަށް މީގެ ކުރިން ވެސް ތުހުމަތު ކޮށްފައެވެ. އަދި ޕީޕީއެމްގެ މި އަމަލުތަކަކީ ތަރައްގީ ގާއިމްކުރަން ޖޭޕީ އަށް ތާއީދުކުރި އެތައް ހާސް ބަޔަކު ވޯޓުދީގެން އެކުލަވާލި ސަރުކާރުން، ރައްޔިތުން ބޭނުންވާ ތަރައްގީގެ ފޮނިކަން ހާސިލު ކޮށްދިނުމާއި ދެކޮޅަށް ހިންގަމުންދާ ނާތަހުޒީބު އަަމަލުތަކެއް ކަމަށް ވެސް ޖޭޕީން ކުރިން ވަނީ ބުނެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.