އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ މިސްކިތު ފަންޑުގެ ތަފްޞީލު ހާމަ ނުކުރާ ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދަނީ އޮޅުވާލުމަށް ކަން ހާމަވެއްޖެއެވެ.
މިސްކިތު ފަންޑުގެ ތަފްޞީލު ތައް ހާމަ ނުކުރާ ކަމަށާއި، އެތަފްޞީލު ތައް ނުލިބެނީސް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވުމަށް ޢަދާލަތު ޕާޓީން އުފެއްދި ފަންޑަށް ފައިސާ ޚަރަދު ކުރުން ބުއްދިވެރި ނޫން ކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަ ތައް އިސްލާމިކް މިނިސްޓްރީން ކުއްވެރި ކޮށްފައި ވާއިރު، އެ މިނިސްޓްރީގެ ވެބްސައިޓުގައި ވެސް މިސްކިތު ފަންޑުގެ ތަފްޞީލު ތައް ޢާއްމު ކޮށްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން 13 އޮކްޓޯބަރ 2012 ވަނަ ދުވަހު މިސްކިތު ފަންޑުން ލިބުނު ފައިސާގެ ޢަދަދާއި އެފައިސާ ޚަރަދު ކުރި ގޮތުގެ ތަފްސީލުތައް އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ.
އަދި މިސްކިތު ފަންޑުގެ ތަފްޞީލު މަޢުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް މައުލޫމާތު ފޮނުވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް އެ މައުލޫމާތުތައް ހިއްސާކޮށް ދެއްވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވަނީ އޭރު އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިސްކިތް ފަންޑުން ޚަރަދު ކޮށްގެން އަޅާ "ދާރުލް އީމާން" 10 ބުރީގެ އޮފީސް ޢިމާރާތް އަޅަން 24.9 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާއި މި އަހަރުގެ މާޗް މަހު ވަނީ ހަވާލުކޮށްފައެވެ.
މިހާ ހާމަ ކަން ބޮޑު ގޮތެއްގައި މިސްކިތު ފަންޑުގެ ތަފްޞީލު ތައް އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފައި ވަނިކޮށް މި ބަރަކާތްތެރި ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އެ ފަންޑުގެ ތަފްޞީލު ހާމަ ނުކުރާ ކަމަށާއި، މިސްކިތު ފަންޑު ހިންގުމުގައި އިސްކޮށް އުޅުނު ފަރާތްތަކުގެ ޙަވާލުގައި ފަލަސްޠީނު ރައްޔިތުންނަށް އެހީވުން ބުއްދިވެރި ނޫން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ ނަޝީދަށް ތަޙައްމަލު ނުކުރެވޭ ވަރުގެ ކަމަކަށް ވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އދގައި ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ޔުނެސްކޯއިން ނެގި ވޯޓުގައި ނަޝީދު އިސްކޮށް އޮވެ ދިވެހި ސަރުކާރުން ވޯޓު ދީފައި ނުވާއިރު، ފަލަސްޠީނު ރައްޔިތުންނަށް ދޭ އަނިޔާ އާއި ދެކޮޅަށް އެމްޑީޕީން ރޭ ކުރި ސިޔާސީ މުޒާހަރާގައި ވެސް ނަޝީދު ބައިވެރި ވެފައެއް ނުވެއެވެ.
އެމްޑީޕީން ފަލަސްޠީނު ރައްޔިތުންނާ އެއްކޮޅަށް ކަމަށް ބުނެ ރޭ ކުރި ސިޔާސީ މުޒާހަރާގައި ބޮޑަށް އަމާޒު ކޮށްފައި ވަނީ މިހާރުގެ ސަރުކާރަށް ފާޑު ކިޔުމަށާއި އާ ސަރުކާރުގެ އިސް ވެރިން ދަންޖައްސާ މެރުމަށް ގޮވާލުމަށެވެ.
މިސްކިތް ފަންޑުގެ ތަފްޞީލު ތައް އިސްލާމިކް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވުމަށް . . .
މިސްކިތު ފަންޑުގެ ތަފްޞީލު ހާމަ ނުކުރާ ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދަނީ އޮޅުވާލުމަށް ކަން ހާމަވެއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...