ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ރޭ ގާތްގަނޑަކަށް އެގާރަ ގަޑި ސާޅީސް ފަހެއް އެހައިކަންހާއިރު ހުޅުމާލޭ ސާޅީސް އެއް ނަންބަރު ފްލެޓު ކައިރިން ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާ ލިބުމުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ރޭ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ ނަވާރަ އަހަރުގެ މީހަކާއި ވިހި އަހަރުގެ މީހަކާއި ފަންސަވީސް އަހަރުގެ މީހެއް ކަމަށާއި އަދި އެމީހުންގެ ތެރެއިން އެކަކު ފަރުވާދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ދެ މީހުންގެ ތެރެއިން އެކަކުގެ ކޯ ކަށިގަނޑު ބިންދައިގެން ގޮސްފައިވާތީ ސާރޖަރީއެއް ހަދާފައިވާ ކަމަށާއި އަދި އަނެއް މީހާގެ ލޯކައިރިން ތަންކޮޅެއް ފުންކޮށް ފަޅައިގެން ގޮސްފައިވާތީ އެތަން ފެހުމުގެ މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...