ރާއްޖޭގެ ޚަބަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ގާނޫނަށް ފުލުހުން ޢަމަލު ކުރަން ފަށައިފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ގާނޫނަށް ފުލުހުން ޢަމަލު ކުރަން ފަށައިފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ގާނޫނަށް ފުލުހުން ޢަމަލު ކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ގާނޫނަށް ފުލުހުން ޢަމަލު ކުރަން ފަށައިފި އެވެ.
މިކަން ހާމަ ކޮށް ފުލުސް އޮފީހުން ބުނީ މިއަދު އަމަލު ކުރަން ފެށި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ގާނޫނުގެ ދަށުން ފުލުހުންގެ ފަރާތުން މައުލޫމާތު ފޯރުކޮށްދޭ އިންފޮމޭޝަން އޮފިސަރަކީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަހީދު ކަނޑައަޅުއްވާފައި ވާކަމަށެވެ.
ފުލުހުންގެ އިދާރާއިން ބުނީ ގާނޫނުގެ ދަށުން ބޭނުންވާ މައުލޫމާތު ފުލުހުންގެ ފަރާތުން ހޯދަން ހަނީފަށް އެޑްރެސްކޮށް ލިޔުމުން ހުށަހެޅުމުން މަޢުލޫމާތު ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ވަނީ ހަމަޖައްސާފައިވާ ކަމަށާއި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދަން ބޭނުންވާނަމަ [email protected] އަށް ނުވަތަ [email protected] އަށް ފޮނުއްވުމުން ގާނޫނުގައިވާ ގޮތުގެމަތިން މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފަކީ ކުރިން ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.