ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމު ކުރުމަށް ބޭރުގެ ޔުނިވަސިޓީ އަކުން ދިރާސާ ކުރަން ފަށައިފިއެވެ.
މި ދިރާސާ ކުރަމުން ގެންދަނީ އަަވައްޓެރި ޝްރީލަންކާގެ ޔުނިވަރސިޓީ އޮފް ޕެރަޑީނިއާގެ މެޑިކަލް ސްކޫލުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމް ކުރެވިދާނެތޯ ދިރާސާކުރުމަށް ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ޕެރަޑީނިއާގެ މެޑިކަލް ސްކޫލްގެ ވަފުދެއް ވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވާއިރު،
މި ވަފުދުގައި ހިމެނެނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ޕެރަޑީނިއާގެ މެޑިކަލް ސްކޫލްގެ ޑީން، އަދި ޕްރޮފެސަރ އޮފް ސަރޖަރީ ޑރ.ލަވަމަންސާ އާއި، ސީނިއަރ ލެކްޗަރަރ، ފޮރެންސިކް މެޑިސިން ޑރ. ދިނޭޝް ފެނާންޑޯއެވެ. މި ވަފުދުން ރާއްޖޭގައި މެޑިސިން ކިޔަވައި ދެވިދާނެތޯ ބެލުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ އިރު ވަފުދުގެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުޙަންމަދު ޖަމީލު އަޙްމަދާއި ވެސް މިއަދު ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާއި، ޔުނިވަރސިޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔުނިވަރސިޓީ އޮފް ޕެރަޑީނިއާގެ ފަރާތުން، ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމްކުރުމަށް ދެއްވާ ޝައުޤުވެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއަކީ އަބަދުވެސް ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއްދޭ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް މެޑިކަލް ސްކޫލެއް މިވަގުތު ވަރަށް ބޭނުންވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މެޑިކަލް ޓުއަރިޒަމް ތަޢާރުފުކޮށް ތަރައްޤީ ކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.
ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމު ކުރުމަށް ބޭރުގެ ޔުނިވަސިޓީ އަކުން ދިރާސާ ކުރަން ފަށައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...