ރާއްޖޭގެ ތިން ސަރަަހައްދެއްގައި ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރު ތަކެއް ގާއިމްކޮށް މިއަހަރުގެ ތެރޭގައި ހިދުމަތްދޭން ފަށާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ޙާޒިރު ކޮށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރީގެ ދާއިރާ އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ތިން ސަރަަހައްދެއްގައި ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރު ތަކެއް ގާއިމްކޮށް މިއަހަރުގެ ތެރޭގައި ހިދުމަތް ދިނުމަށް ނިންމާފައި ވާކަމަށާއި، މި ސެންޓަރުތައް ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުއްޓާއި، ޅ. ނައިފަރާއި އަދި އައްޑޫ ސިޓީގެ ހިތަދޫގައި ކަމަށް.
މިއަހަރު އައްޑޫ ސިޓީއާއި ހާއްސަކޮށް އައްޑޫ މީދޫ ދާއިރާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަކީ ކޮބައިތޯ ސާފުކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެދިވަޑައި ގަތުމުން މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނުގެ ވުޒާރާއިން ރާއްޖެ ތަރައްގީ ކުރުމުގައި ވަކި ސަރަހައްދަކަށް ވަކި ރަށަކަށް އިސްކަންދީގެން މަސައްކަތް ނުކުރާ ކަަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މުޅި ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް ކަމަށް.
ސަޢީދު އަޑު:
ރާއްޖޭގެ ތިން ސަރަަހައްދެއްގައި ޤާއިމު ކުރާ ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރު ތައް ޤާއިމު ކުރެވުމާއި އެކު ވިޔަފާރިއާއި އިގްތިސޯދީ ދާއިރާއިން މައުލޫމާތާއި ތަމްރީންގެ ފުރުސަތުތައް ބޭނުންވާ ފަރާތްތަކަށް މި ސެންޓަރު ތަކުން އެފުރުސަތުތައް ލިބި އަދި ވިޔަފާރީގެ ދާއިރާ އިން ކޮންސަލްޓެންސީގެ ހިދުމަތް ވެސް ދެވޭނެ ކަމަށް.
ރާއްޖޭގެ ތިން ސަރަަހައްދެއްގައި ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރު ތަކެއް މިއަހަރު ގާއިމު ކުރާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...