ރާއްޖޭގެ ޚަބަރު ރަޝިޔާގެ ފަތުރުވެރިން ރާއްޖެ އަށް ދަތުރު ނުކުރުމަށާއި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރަޝިޔާގެ މެންބަރަކު ގޮވާލައިފި

ރަޝިޔާގެ ފަތުރުވެރިން ރާއްޖެ އަށް ދަތުރު ނުކުރުމަށާއި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރަޝިޔާގެ މެންބަރަކު ގޮވާލައިފި

ރަޝިޔާގެ ފަތުރުވެރިން ރާއްޖެ އަށް ދަތުރު ނުކުރުމަށާއި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރަޝިޔާގެ މެންބަރަކު ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަޝިޔާގެ ފަތުރުވެރިން ރާއްޖެ އަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ގޮވާލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވެލެރީ ސެލެޒްނޯވްގެ ފިރިހެން ދަރިފުޅު ރޯމަން ވެލެރެވިކް ސެލެޒްނޯވް ވަގަށް ނަގައިގެން އެމެރިކާގެ ސީކްރެޓް ސާވިސް އާއި ހަވާލު ކޮށް ރާއްޖެއިން ފުރުވާލާފައި ވާތީ ދިވެހި ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވިދާޅުވީ ދިވެހި ރާއްޖެ އަކީ ފަތުރުވެރިން ދަތުފު ފަތުރުކޮށް އުޅުމަށް އެއްވެސް ޙާލަތެއްގައި ރައްކާތެރި ޤައުމެއް ނޫން ކަމަށާއި، އަންހެނުންނާއި ދަރިފުޅުގެ ކުރިމަތީގައިވެސް ރަހީނު ކޮށްގެން ގެންދިޔުމުގެ ބިރު އޮތް ކަމަށެވެ.
އެހެން ކަމުން ދިވެހި ރާއްޖެ އަކީ ރަޝިޔާގެ ރައްޔިތުން ދަތުފު ފަތުރު ކޮށް އުޅުމަށް އެއްވެސް ޙާލަތެއްގައި ރައްކާތެރި ޤައުމެއް ނޫން ކަމަށް ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ވަނީ ބައިނަލް އަޤްވާމީ މީޑިޔާ ތަކުގައި ބުނެފައެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ދިވެހި ރާއްޖެ އަށް އިޤްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް ރަޝިޔާ ސަރުކާރަށް ގޮވާލާފައެވެ.
މި މައްސަލާގައި ރަޝިޔާގެ ޚާރިޖިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިޔާގެ ރައްޔިތަކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި، ފުރަން ގޮސް ހުއްޓާ އެމެރިކާގެ ސީކްރެޓް ސާވިސް އިން ރަހީނު ކޮށްގެން، އަމިއްލަ މަތިންދާ ބޯޓެއްގައި ޕެސިފިކް ކަނޑުގެ ޖަޒީރާ ރަށެއްކަމަށްވާ ގުއާމަށް ގެންގޮސްފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.