ރާއްޖެއިން ޢާއްމު ކޮށް ނުފެންނަ އާދަޔާ ޚިލާފު މަހެއް އަނެއްކާވެސް ދިވެހި މަސްވެރިން ބާނައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން މިފަހަރު މި މަސް ބާނާފައި ވަނީ ތ ވޭމަންޑޫ އިން ވަދާ ނުކުމެ އުޅުނު ވަދު ބައްތެއްޔަކުންނެވެ.
ފަންސަވީސް އަހަރު ދުވަހު މަސްވެރި ކަމުގައި އުޅުއްވާފައިވާ ދިވެހި ތަޖުރިބާކާރު މަސްވެރިން ވެސް މި މަހާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މިފަދަ މަހެއް މީގެ ކުރިން ދެކެފައި ނުވާ ކަމަށް ބުނެފައިވާ ކަމަށް ދިއިސްލާމަށް މަޢުލޫމާތު ދިން ފަރާތުން ވަނީ ބުނެފަ އެވެ.
ބައެއް ފަރާތްތަކުން މި މަހަކީ ސިލްވަރ ޓޯޑް ނަމަކަށް ކިޔާ މަހުގެ ބާވަތެއް ކަމަށް ބުނާއިރު އަނެއްބައި ފަރާތްތަކުން ބުނަނީ މި މަހަކީ ވިހަކަން ގަދަ ނުރައްކާތެރި މަހެއް ކަމަށެވެ.
އިއްޔެވެސް ގދ. ތިނަދޫ ބަޔަކު ވަނީ ރާއްޖެއިން ޢާއްމު ކޮށް ނުފެންނަ ވައްތަރެއްގެ މަހެއް ބާނާފައެވެ.
މި މަހަކީ ފްލައިން ފިޝް ނުވަތަ ފުޅަނގި އާއިލާގެ މަހެއް ކަމަށާއި މި މަސް ބޭނީ 50 ވަރަކަށް މީޓަރު އަޑިން ކަމަށް އެ މަސްބޭނި މީހުން ވަނީ ހާމަ ކޮށްފައެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...