ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަންނަ މަހު ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން ހާމަ ކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވީ، ރައީސް ޔާމީނު ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ދަޢުވަތު އަރުވާފައި ވާތީ އެދައުވަތު ގަބޫލުފުޅު ކުރައްވައި، އަންނަ އޮގަސްޓް މަހު ޗައިނާ އަށް ވަޑައިގަތުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އަންނަ އޮގަސްޓް މަހުގެ ސޯޅައިން އަށާވީހުގެ ނިޔަލަށް، ޗައިނާގެ ނަންޖިން އަވަށުގައި ބާއްވާ ޔޫތު އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަންނަ މަހު ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން ހާމަ ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...