ބޭނުންވާ ތަކެތި:
500 ގްރާމު ތައްޔާރު ކުރެވިފައި ހުރި ހުނިހަކުރު ފިލިންގ
150 ގްރާމު ގޮދަން ފުއް
500 މލ ތާޒާ ކިރު
4 ކުކުޅު ބިސް
ކުޑަ ލޮނުކޮޅެއް
75 ގްރާމު ހަކުރު
ކުޑަ ވެނީލާ އެސެންސު ކޮޅެއް
1 އޮރެންޖުގެ ބޭރު ތޮށި (ހަމަ އެކަނި އޮރެންޖު ކުލައިގެ ބައި)
90 ގްރާމު ބަޓަރ (އަން ސޯލްޓެޑް)
ހައްދަވާނެ ގޮތް:
ފުރަތަމަ ވެސް ފޮޅީގެ ފުއްގަނޑު ގިރުވުމަށް ކިރު ފޮދު އުނދުން މައްޗަށް މަޑު ގިނީގައި ކައްކަން އުދާށެވެ. (ކިރު ފޮދު ކެކުމުގައި ވަރަށް ފަރުވާތެރި ވާށެވެ. ކައްކާއިރު ހަމަ ކެކިގަތުމުން އުނދުން ނިއްވާލާށެވެ.) ދެން ފުއްތަށްޓެއްގައި ގޮދަންފުށާއި އޮރެންޖު ތޮށި އަދި ވެނީލާ ލޮނުކޮޅާއި ހަކުރު ކޮޅު ތެރެއަށް ބިސް އެއްކުރައްވާށެވެ. އެއަށްފަހު ކެއްކި ކިރު ފޮދު މަޑު މަޑުން ނަރުގަނޑުން އެއްކޮށްލުމަށްފަހު ހިމުން ފުރޭންޏަކުން ފުރާނާލާށެވެ. ދެން ބަޓަރުކޮޅު އެޅުމަށްފަހު ބަޓަރުކޮޅު ރަނގަޅަށް ވިރުމުން އެނެއްކާވެސް ކުޑަކޮށް އެއްކޮށްލާށެވެ.
ފޮޅި ފިހުމަށް މެދު ސައިޒުގެ ތަވައެއްގައި ކުޑަ ބަޓަރުކޮޅެއް ލައިގެން ފެންފޮޅި ފިހާގޮތަށް އެއަށްވުރެ ކުޑަކޮށް ތުނިކޮށް ފިހެލާށެވެ. ދެން ތައްޔާރު ކޮށްފައިހުރި ހުނި ހަކުރު އެޅުމަށްފަހު ރިހަފޮޅި އޮޅާ ގޮތަށް އޮޅާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...