ދުނިޔެ ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރާއި އެކު އެމެރިކާ އާއި އިނގިރޭސިން ބިރުން ސިހިއްޖެ

ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރާއި އެކު އެމެރިކާ އާއި އިނގިރޭސިން ބިރުން ސިހިއްޖެ

ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރާއި އެކު އެމެރިކާ އާއި އިނގިރޭސިން ބިރުން ސިހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓެރަރިސްޓް ހަމަލާއެއް އެމެރިކާ އަށް އަތުވެދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނުމާއި އެކު، އެމެރިކާ އާއި އިނގިރޭސިން ބިރުން ސިހި އެގައުމަށް ދަތުރުކުރާ ސީދާ ފްލައިޓްތައް އޮޕަރޭޓް ކުރާ ގިނަ އެއަރޕޯޓް ތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފިއެވެ
އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކެޓްރީ ޕެޓްރިކް މެކް ލޯލިން ވިދާޅުވީ އެގައުމުގެ އެއަރޕޯޓުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށާއި، މިކަން ކުރުމުގެ މަގްސަދަކީ އާއްމުން ރައްކާތެރި ކުރުން ކަމުގައެވެ.
ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން އަޅާނެ ވަކި ފިޔަވަޅުތަކެއް އިއުލާން ނުކުރި ނަމަވެސް، ފަސިންޖަރުންނަށް ދަތި ނުވާނެހެން ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއަށް ދަތުރުކުރާ ސީދާ ފްލައިޓްތައް އޮޕަރޭޓް ކުރާ އެއަރޕޯޓުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި މިވަނީ އަލް ގައިދާ އާ ގުޅުން ހުރި ސީރިއާ އަދި ޔަމަނުގެ ހަނގުރާމަވެރިން، ފްލައިޓް ތަކަށް ސްމަގްލް ކުރެވޭ ފަދަ ބޮން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ ޑީ.އެޗް.އެސް އިން ބުނީ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި ވަނީ ސީރިއަސް އަދި ސައްހަ ރިޕޯޓުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.