ސުފުރާ މޭވާ ޖެލީ ކިރު ސަރުބަތު

މޭވާ ޖެލީ ކިރު ސަރުބަތު

މޭވާ ޖެލީ ކިރު ސަރުބަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި:

1 ދަޅު ގެރިކިރު
½ ޖޯޑު ރޯސް ސިރަޕް (ފިނިފެން ޖޫސް)
8 ޖޯޑު ވާރެފެން
ކުޑަ ވެނީލާ އެސެންސް ކޮޅެއް ( ބަދަލުގައި ހުވަނދު މާފެން ވެސް ކަމު ހިނގައިދާނެ )
10 ފުރުޓް ޖެލީ (ކުދިކޮށް ކޮށާފައި) – އާދައިގެ ފިހާރަތަކުން ވިއްކާ ކޯން ޝޭޕްގެ ޖެލީ

ހައްދަވާނެގޮތް:

1- ފުރަތަމަ ޖަގެއްގައި ވާރެފެނާއި ރޯސް ސިރަޕް އަދި ވެނީލާ އެސެންސް ކޮޅު އަޅައިގެން ރަނގަޅަށް ގިރާލައްވާށެވެ. ދެން ކޭކް ފިހާކަހަލަ ޓްރޭއަކަށް ނުވަތަ ކުޑަ ޒިންކު ތައްޓަކަށް އެޅުމަށް ފަހު އައިސް އަލަމާރީގެ ގަނޑުކުރާބައިގައި ރަނގަޅަށް ގަނޑުވަންދެން ބަހައްޓަވާށެވެ.
2- ދެން ގަނޑުވެފައި ހުރި ޖޫސް ވަރުގަދަ އުލަކުން (ކްރަޝް ކޮށްލުމަށްފަހު) ކަހާލުމަށް ފަހު ކޮށާފައި ހުރި ޖެލީ ކޮޅާ އެއްކޮށްލައްވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.