ރާއްޖޭގެ ޚަބަރު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން އަލުން މިއަދު ހުޅުއްވާ ލައްވައިފި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން އަލުން މިއަދު ހުޅުއްވާ ލައްވައިފި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން އަލުން މިއަދު ހުޅުއްވާ ލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން މިއަދު ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު އަލުން މި ހުޅުވައިލެއްވީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް މީހަކު ޢައްޔަންކުރުމަށްޓަކައި، މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު އެއޮފީހުން ކުރެއްވި އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީއެވެ.
މިފުރްޞަތު އަލުން ހުޅުއްވާލައްވައި، އެ އޮފީހުން ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން، މިފުރްޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3.00ގެ ނިޔަލަށެވެ.
ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 45 ވަނަ މާއްދާގައި، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ޢައްޔަނުކުރާ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތައްވެސް، މިއަދު ގެޒެޓް ކުރެއްވި އިޢުލާނުގައި ބަޔާން ކުރައްވާފައިވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 8.00 އިން ހަވީރު 4.00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.