ހުވަދުއަތޮޅުގައި ފުލުހުންގެ ޚިދުމަތް ދެމުންދާގޮތް ބައްލަވައި، ފުލުހުންގެ ޚިދުމަތް ތަރައްޤި ކުރެވެންހުރި ދާއިރާތައް ދެނެގަތުމަށްޓަކައި ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.
މިއަދު ހެނދުނު ކޮމިޝަނަރ އޮފް ޕޮލިސް ހުވަދު އަތޮޅަށް ފެށްޓެވި މިދަތުރުފުޅުގައި ގއ. އަދި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދާގޮތް ބައްލަވައި އެޚިދުމަތް ތަރައްޤީ ކުރުމަށާއި ވަޞީލަތް ތަރައްޤީ ކުރަން ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން ކައުންސިލްތަކުގެ މެމްބަރުންނާއި ރަށްރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސްގެ މިދަތުރު ފުޅުގައި ބައެއް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކޮށްދެއްވާނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ހުވަދު އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވައެވެ.
ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ހުވަދު އަތޮޅަށް ވަޑައިގެންފި
ކޮމެންޓް (0)
ލޯޑް ކުރަމުން...