ރާއްޖޭގެ ޚަބަރު މުޒާހަރާ އެއްގެ ތެރެއިން ޕިކަޕެއްގައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލި މީހަކު -/3000 ރ އިން ޖޫރިމަނާ ކޮށްފި

މުޒާހަރާ އެއްގެ ތެރެއިން ޕިކަޕެއްގައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލި މީހަކު -/3000 ރ އިން ޖޫރިމަނާ ކޮށްފި

މުޒާހަރާ އެއްގެ ތެރެއިން ޕިކަޕެއްގައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލި މީހަކު -/3000 ރ އިން ޖޫރިމަނާ ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޒާހަރާ އެއްގެ ތެރެއިން ޕިކަޕެއްގައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލި މީހަކު -/3000 ރ އިން ޖޫރިމަނާ ކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން އެމީހާ ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަން ސާބިތު ވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން އެމީހާ ޖޫރިމަނާކޮށްފައި ވަނީ ކ.މާލެ ދަފްތަރު ނަންބަރު 6372، މުޙައްމަދު ސަލީމް އެވެ.
މުޙައްމަދު ސަލީމް ޖޫރިމަނާކޮށްފައި ވަނީ 2012 މާރޗް 01 ވަނަ ދުވަހު 10:45 ހާއިރު، 2012 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު ހިނގާފާނެ ހަމަނުޖެހުމަށްޓަކައި، އަލިކިލެގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި ފުލުހުން އެތުރިގެން ތިއްބައި، މުޙައްމަދު ސަލީމް ޕިކަޕެއްގައި ދުއްވާފައިގޮސް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަދެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް އޭނާ ދަތިކޮށްފައިވާކަން ޝަރީއަތުގެ މަޖިލީހުގައި ހެކިން ދީފައިވާ ހެކިބަހުން ޝަރިއަތަށް ސާބިރު ވާތީއެވެ.
އޭނާގެ މައްޗަށް މި ކުށް ސާބިތުވުމާއި ގުޅިގެން ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު)ގެ 72 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ސަލީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން ފުލުހުންގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން މުޙައްމަދު ސަލީމް 3000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 2014 ޖޫން 04 އިން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ވަނީ ޙުކުމް ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.