އެމެރިކާ ގިނިހިލައެއްގެ މައްޗަށް އިންސާނަކު ބާލަން ނާސާއިން ތައްޔާރު ވަނީ

ގިނިހިލައެއްގެ މައްޗަށް އިންސާނަކު ބާލަން ނާސާއިން ތައްޔާރު ވަނީ

ގިނިހިލައެއްގެ މައްޗަށް އިންސާނަކު ބާލަން ނާސާއިން ތައްޔާރު ވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ގިނި ހިލައެއްގެ މައްޗަށް އިންސާނަކު ބާލަން ތައްޔާރުވާން ފަށައިފި އެވެ.

ނާސާއިން މިކަން ހާމަ ކޮށް ބުނީ އެ އިދާރާއިން ގިނި ހިލައެއްގެ މައްޗަށް އިންސާނަކު ބޭލުމަށް ތައްޔާރު ވަމުން ގެންދާ ކަމަށާއި، އެކަމަށް ބޭނުންވާ ތަމްރީނު ތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މިކަމާއި ގުޅޭގޮތުން އެމެރިކާގެ ހައުސްޓަންގައި ހުންނަ ޖައްވީ އިދާރާގައި ހުރި ސާޅީސް ފޫޓުގެ ފުން ފަތާފެންގަނޑެއްގައި ތަމްރީނު ތައް ހަދަމުން ގެންދާ އެސްޓްރޮނޯޓް ސްޓެއިން ލަވް ގެ އިތުރުން އޭނާގެ އެހީތެރިޔާ ސްޓީވް ބޮވެއިން ބުނީ އެމީހުންގެ މަޤްޞަދަކީ އިރުގެ ވަށައިގެން ދައުރު ވަމުންދާ ގިނިހިލައެއް އަތުލައިގަނެގެން ގެނެސް ހަނދުގެ ވަށައިގެން ދައުރު ކުރާ ގޮތަށް ހެދުން ކަމުގައެވެ. މިކަން ޙާޞިލު ކުރުމަށް މި ދެމީހުން ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރުގައި ހުންނަ ފަތާފެންގަނޑެއްގައި ވެސް އޯރިއޯން ޖައްވީ އުޅަނދުން ނުކުމެ ގިނި ހިލައިގެ މައްޗަށް ފޭބުމުގެ ތަމްރީނު ތައް ފުރިހަމަ ކޮށްފައި ވާނެ ކަމަށް ވެސް ނާސާއިން ވަނީ ހާމަ ކޮށްފައެވެ.

އެހެން ނަމަވެސް މި ކަމަކީ 2020ގެ ކުރިން ނިންމަން ކަނޑައަޅާފައިވާ މިޝަނެއް ނޫން ކަމަށް ނާސާއިން ވަނީ ބުނެފަ އެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.