އެކިދުވަސްތަކުގެ މަތިން ކުޑަ ފިރިހެންކުއްޖަކާ އެކު ޖިންސީ ޢަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށްލުމަށް ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލާގައި ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ ރ.މަޑުއްވަރީ، ބަހާރީގުލްޝަން، މޫސާ މުޙައްމަދުމަނިކު (51އ) ގެ މައްޗަށެވެ.
މޫސާ މުޙައްމަދުގެ މައްޗަށް ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން 2014 ޖެނުއަރީ 27 ވަނަދުވަހު ޙުކުމްކޮށްފައިވަނީ ޢުމުރުން 14 އަހަރުގެ ފިރިހެންކުއްޖާއެކު އެކިދުވަސްތަކުގެ މަތީން ޖިންސީ ޢަމަލު ހިންގާފައިވާކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލާގައި ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުންކޮށްފައިވާ ޙުކުމުގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނަމްބަރު 2009/12 (ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ ޢުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) 3 ވަނަ މާއްދާއަށް ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން މޫސާ މުޙައްމަދުމަނިކުގެ މައްޗަށް ދަޢުލަތުން ކުޅަ “ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ” ދަޢުވާ ޝަރީޢަތަށް ސާބިތުވާވަރަށް ހެއްކާ ޤަރީނާ ލިބިފައިވާތީ މޫސާ މުޙައްމަދުމަނިކު ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ ޢުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ ރ.މަޑުއްވަރީ، ބަހާރީގުލްޝަން، މޫސާ މުޙައްމަދުމަނިކު 10 (ދިހައެއް) އަހަރަށް ޖަލަށްލުމަށް ޙުކުމްކުރީކަމަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2013 ނޮވެމްބަރު 08 ވަނަދުވަހުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...