މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ލަންކާ ފުލުހުންގެ މުއައްސަސާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެފަރާތް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން މެމޯރަންޑަމް އޮފް އަންޑަސްޓޭޑިންގއެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި މި އެމް.އޯ.ޔޫގައި ދިވެހި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ. ލަންކާ ފުލުހުންގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އިންސްޕެކްޓަރ ޖެނެރަލް އެމް.ކޭ އެލަގަން ކޫން އެވެ.
ދެ ގައުމުގެ ފުލުހުންގެ މުއައްސަސާގެ މެދުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާ ގުޅުން ބަދަހިކޮށް ދެ ޤައުމުގެ ފުލުހުން ގުޅިގެން ޓްރާންސްނޭޝަނަލް ކްރައިމްތައް ހުއްޓުވުމަށާއި ޑްރަގް އޮޕަރޭޝަންތަކުގެ އިތުރުން ކުށެއް ކުރުމަށް ފިލައިގެން އުޅޭ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރެވެނޭއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...