ރާއްޖޭގެ ޚަބަރު ސާޅީސް ނުވަ ދާއިރާ އަކުން މަޖިލީހަށް ވާދަކުރަން ނިންމައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސާޅީސް ނުވަ ދާއިރާ އަކުން މަޖިލީހަށް ވާދަކުރަން ނިންމައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސާޅީސް ނުވަ ދާއިރާ އަކުން މަޖިލީހަށް ވާދަކުރަން ނިންމައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސާޅީސް ނުވަ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމައި، ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕީޕީއެމުން މިއަދު ކުރި އިޢުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ސާޅީސް ނުވަ ދާއިރާ އަކުން އެ ޕާޓީ ވާދަކުރުމަށް ނިންމާފައިވާ ކަމަށާއި، މިއަދުން ފެށިގެން މިމަހުގެ އަށާވީސް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ނިޔަލަށް، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި މިހާރު މެންބަރު ކަމުގައި ތިއްބެވި ފަރާތްތަކަށް ވަރަށް ބޮޑަށް ފުރުޞަތު ފަހިވާގޮތަށް ޕީޕީއެމުން ހުޅުވާލާފައިވާ މި ފުރުޞަތުގައި، ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާގެ ދާއިރާއިން ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާއިރު، އެ ޕާޓީން ޚާއްޞަ ސަމާލު ކަމެއްދޭ ގިންތިއަކަށް ނިސްބަތްވާނަމަ އެކަމަކަށް ވެސް ބެލޭނެ ކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް މި ގިންތި ތަކުގެ ތަފްޞީލެއް ޕީޕީއެމްގެ އިޢުލާނުގައި ދީފައެއް ނުވެއެވެ.

ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ޖުމްލަ ހަ ދާއިރާއަކުން މާކްސް ދީގެން އިވެލުއޭޓް ކުރުމަށް ނިންމާފައި ވާއިރު، މި ދާއިރާތަކުން އިވެލުއޭޓް ކުރާ ފަރާތްތަކަށް ޓިކެޓް ލިބޭނީ، ޖުމްލަ ހަތްދިހަ ފަހެއް އިންސައްތަ އަށްވުރެ މަތިން މާކްސް ލިބިގެންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި ކިތަންމެ ގިނަ ބަޔަކު ކުރިމަތިލާފައި ވީނަމަވެސް އިވެލުއޭޝަނުން ހަތްދިހަ ފަހެއް އިންސައްތަ އަށްވުރެ މަތިން މާކްސް ލިބެނީ އެންމެ ފަރާތަކަށް ކަމަށް ވާނަމަ، އެ ފަރާތަކަށް ޓިކެޓް ލިބޭނެ ކަމަށް ވެސް އެ ޕާޓީން ބަނީ ބުނެފައެވެ.

އެހެންކަމުން ޕީޕީއެމްގެ ޕްރައިމަރީ އެއް ބާއްވާނީ ވާދަކުރަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއް ދާއިރާ އަކުން ދެ މީހުންނަށްވުރެ ގިނަ މީހުންނަށް ޖުމްލަ ހަތްދިހަ ފަހަކަށްވުރެ މަތިން މާކްސް ލިބިގެންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި ޕީޕީއެމްގެ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ، ޕްރައިމަރީ ބާއްވާނީ، އަންނަ ފެބްރުއަރީމަހުގެ ހަތަރުވަނަ ދުވަހު ކަމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.

ޕޮއިންޓް ދޭ އުސޫލުން ޕާޓީގެ ޓިކެޓް ދިނުމަށް ޕީޕީއެމުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު މާގިނަ ދާއިރާ ތަކަކުން ޕްރައިމަރީއެއް ބާއްވަން ނުޖެހޭ ގޮތަށް އެ ޕާޓީގެ ފަރާތުން އިވެލުއޭޓް ކުރާ ފަރާތްތަކަށް ވަނީ އެއް ކެންޑިޑޭޓަކަށް ފުރުޞަތު ދިނުމުގެ ބާރު ލިބިފައި ވާކަން ފާހަގަ ކުރެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.