ދުނިޔެ ބިޔަ ފުއްލާއެއް ކާލައިގެން ފިލަން އުޅުނު ސޯޅަ ފޫޓުގެ ހަރުފައެއް މަރާލައިފި

ބިޔަ ފުއްލާއެއް ކާލައިގެން ފިލަން އުޅުނު ސޯޅަ ފޫޓުގެ ހަރުފައެއް މަރާލައިފި

ބިޔަ ފުއްލާއެއް ކާލައިގެން ފިލަން އުޅުނު ސޯޅަ ފޫޓުގެ ހަރުފައެއް މަރާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބިޔަ ފުއްލާއެއް ކާލައިގެން ފިލަން އުޅުނު ސޯޅަ ފޫޓުގެ ބޮޑު ޕައިތަން އާއިލާގެ ހަރުފައެއް އެމެރިކާގެ ނޭޝަނަލް ޕާކު ތެރެއިން މަރާލައިފިއެވެ.

މި ހަރުފަ މަރާލާފައި ވަނީ އެސޮރަށްވުރެ ބޮޑު ފުއްލާ ކާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ކަމަށާއި، އޭތި މަރާލާފައި ވަނީ އޭގެ ސަބަބުން މީހެއްގެ ފުރާނަ އަށް ނުރައްކަލެއް ކުރިމަތި ވެދާނެތީ ކަމަށް އެމެރިކާގެ ނެޝަނަލް ޕާކުން ވަނީ ބުނެފައެވެ.

ފުއްލާ ކާލި ހަރުފަ

ފުއްލާ ކާލި ހަރުފަ

ފުއްލާ ކާލައިގެން ފިލަން އުޅުނު ހަރުފަ އަށް ސަލާމަތުން ފިލުނު ނަމަ ބޮޑު މީހަކު ވެސް އެސޮރުގެ ޝިކާރަ އަކަށް ވެދާނެ ކަމަށާއި، އެވަރުގެ ބޮޑު ފުއްލާއެއް ކާލި ހަރުފަ އަކަށް މީހަކު ކާލުމަކީ މާބޮޑު ކަމަކަށް ނުވާނެ ކަމަށް ތަޖުރިބާ ކާރުން ބުނެފައި ވެއެވެ.

ފުއްލާ ކާލި ހަރުފަ މަރާލާފަ

ފުއްލާ ކާލި ހަރުފަ މަރާލާފަ

އެމެރިކާގެ ނެޝަނަލް ޕާކުގެ ތަޖުރިބާކާރުންނާއި ޑޮކްޓަރުން ވަނީ ހަރުފަ މަރާލުމަށް ފަހު ހަރުފައިގެ އޮޓޮޕްސީ އެއްވެސް ހަދާފަ އެވެ. އަދި އޭގެ ބަނޑުގައި އޮތް ފުއްލާ ދިރި އޮއްވާ ސަލާމަތް ނުކުރެވުނު ނަމަވެސް ފުއްލާވެސް ވަނީ ހަރުފައިގެ ބަނޑުން ނަގާފައެވެ.

ޢާއްމު ގޮތެއްގައި އިންސާނުންނަށް ވުރެ ބޮޑަށް ޖަނަވާރުންނަށް އިހުތިރާމް ކޮށް ލޯބިކުރާ އެމެރިކާ މީހުން މިހާ ބޮޑު ހަރުފައެއް ރަހުމެއް ނެތި މަރާލާފައި ވާއިރު، ދެހާސް އެއްވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނަށް ބޮން އެޅުމުގެ ކުރިން ވެސް ވަނީ އަފްޣާނުގެ ވެރިރަށް ކާބުލްގައި އޮތް ޒުލެއްގައި ތިބި ޖަނަވާރު ތަކެއް ރައްކާތެރި ހިސާބު ތަކަށް ގެންގޮސްފައެވެ.

އެހެން ނަމަވެސް މި ޙަމަލާ ތަކުގައި އެތައް ހާސް މުސްލިމުންގެ ބޮލަށް ބޮން އަޅައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ވަނީ ޝަހީދު ކޮށްލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.