ރާއްޖޭގެ ޚަބަރު ޕެންޓަގަން ޢިމާރާތް އަޅަން އެއްބަސްވީ އަގަށްވުރެ ދެގުނަ އަށްވުރެ ބޮޑު ޢަދަދެއް އިތުރަށް ޚަރަދުކުރި: އޮޑިޓް

ޕެންޓަގަން ޢިމާރާތް އަޅަން އެއްބަސްވީ އަގަށްވުރެ ދެގުނަ އަށްވުރެ ބޮޑު ޢަދަދެއް އިތުރަށް ޚަރަދުކުރި: އޮޑިޓް

ޕެންޓަގަން ޢިމާރާތް އަޅަން އެއްބަސްވީ އަގަށްވުރެ ދެގުނަ އަށްވުރެ ބޮޑު ޢަދަދެއް އިތުރަށް ޚަރަދުކުރި: އޮޑިޓް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާފުށީ ޖަލުގައި ޢިމާރާތްކުރި ޕެންޓަގަން ޢިމާރާތް އަޅަން އެއްބަސްވީ އަގަށްވުރެ އިތުރަށް ދެގުނަ އަށްވުރެ ބޮޑު ޢަދަދެއް ޚަރަދުކުރި މައްސަލަ އެއް އޮޑިޓަރ ޖެނެރަލް ފެންމަތި ކުރައްވައިފިއެވެ.
ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އާއި ޙަވާލު ކޮށްގެން ދެހާސް ހަ ވަނަ އަހަރު މާފުށީ ޖަލުގައި އަޅަންފެށި ޕެންޓަގަން ޢިމާރާތުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާފައި ނުވާއިރު، އެއްބަސްވެފައިވާ އަގަށްވުރެ ސަތޭކަ ހަތަރެއް އިންސައްތަ އިތުރަށް ޚަރަދު ކޮށްފައިވާ މައްސަލާގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ޚާއްޞަ އޮޑިޓް ރިޕޯޓުގައި ވިދާޅުވީ، ސާޅީސް ހަ މިލިޔަން ރުފިޔާއަށް އެޅުމަށް އެއްބަސްވި ޢިމާރާތަށް ދައުލަތުން ނުވަދިހަ ހަތަރު މިލިޔަން ރުފިޔާ ޚަރަދު ކޮށްފައި ވާކަމަށެވެ.
އަދި އެއްބަސްވުމާއި ޚިލާފަށް މިހާ ގިނަ ޢަދަދެއްގެ ފައިސާ ޚަރަދު ކޮށްފައި ވަނީ މާލިއްޔަތު ޤާނޫނާއި ޤަވާޢިދު ތަކާއި ޚިލާފަށް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.
އެގޮތުން ހަތަރު ފަހަރެއްގެ މަތިން އެއްބަސްވުމަށް ބަދަލު ގެނެސް އިތުރު ފައިސާ ދީފައި ވާއިރު، ރައީސް މައުމޫންގެ ވެރިކަމުގައި ތިން ފަހަރެއްގެ މަތިން އެއްބަސްވުމަށް ބަދަލު ގެނެސް އިތުރަށް ފައިސާ ދީފައިވާ ކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް މި އެއްބަސްވުމަށް ބަދަލު ގެނެސް އިތުރަށް ފައިސާ ޚަރަދު ކޮށްފައި ވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.