ބަންގްލަދޭޝް ހައިކޮމިޝަނުން ވައްކަންކުރަން އުޅުނުކަމަށް ތުޙުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ކަން ކަށަވަރު ކޮށްދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 30 އަހަރުގެ ފިރިހެނަކާ 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންނަކީ މީގެ ކުރިންވެސް ވައްކަން ކުރުމާއި މަސްތުވާ ތަކެތި ބޭނުންކޮށް އަދި އެތަކެތި ގެންގުޅުމުގެ މައްސަލަތަކުގެ ގިނަ ރެކޯޑްސް ތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސް ގައި އޮންނަ ދެމީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2013 ނޮވެމްބަރު ރޭ 23:56 ހާއިރު ބަންގްލަދޭޝް ހައިކޮމިޝަން ތެރޭގައި ތިއްބައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
މި މހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުން ބަންގްލަދޭޝް ހައިކޮމިޝަނުގެ ތެރެއަށް ވަދެފައިވަނީ އެކޮމިޝަންގެ ދޮރެއް ހަލާކުކޮށްލައިގެންނެވެ.
އަދި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު މިމީހުން އަތުން ވައްކަންކުރުމަށް ބޭނުންކުރާ ބައެއް އާލާތްތަށް ފެނިފައިވެއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ބަންގްލަދޭޝްގެ އެމްބަސީ އަކީ ރާއްޖޭގައި ހުރި ބޭރުގެ އެމްބަސީ ތަކުގެ ތެރެއިން ސަލާމަތީ ފިޔަވަޅުތައް އެންމެ ދޯހަޅި އެއް އެއް އެންބަސީއެވެ.
ބަންގްލަދޭޝް ހައިކޮމިޝަނުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...