މޯލްޑިވްސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާރޗްގެ ފަރާތުން އިންތިޒާމުކޮށްގެން “ވިސްނާލުމުން ރޮވޭ” ގެ ނަމުގައި ރޭ އޮލިމްޕަހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުސްތާޛާ އަނަރާ ނަޢީމް ވިދާޅުވީ އިސްލާމްދީނަށް ފާޑުކިޔާ ކަންތައްތަކެއް ކުރިނަމަވެސް އެއީ ކަމެއް ކަމަށް ނުދެކޭ ބަޔަކު އުޅޭ ކަމަށެވެ.
މުޖުތަމައުގައި ހުރި ގިނަ މައްސަލަތައް ކުރިމަތިވި ސަބަބަކީ އިސްލާމް ދީނާއި ދުރަށް ޖެހެމުންދިއުން ކަމަށް ވިދާޅުވެ އަނާރާ އިތުރަށް ވިދާޅުވެފައިވަނީ:
“ދިވެހިންނަކީހިތުގެ އަޑިން އިސްލާމް ދީން ދެކެ ވަރަށް ބޮޑަށް ލޯބިވާބައެއް. ދީނަށް ފުރައްސާރަވާފަދަ ބަހެއް ބުނެފިނަމަ ގިނަ ބައެއްގެ ލޭ ވެސް ކެކޭ. ނަމަވެސް އެމަންޒަރު ކުޑަކޮށް ތަފާތުވާތަން މިހާރު އެބަފެނޭ. އިސްލާމް ދީނަށް ފާޑުކިޔައި ކަންތައްތަކެއް ކުރިނަމަވެސް އެއީ ކަމެއްކަމަށް ނުދެކޭ ބައަކު އެބައުޅޭ.”
މިއީ އެއްވެސް ހާލެއްގައި ކަންތައްތައް ކޮށްގެންވާނެ ގޮތް ނޫން ކަމަށާއި އަޅުގަނޑުމެން ކުރިއަރައިދިއުމަށްޓަކައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އަނާރާ ގޮވާލެއްވިއެވެ.
“އަޅުގަނޑު ގޮވާލަން ދީނުގެ ކަންކަމަށް ސަމާލުކަން އިތުރުކުރުމަށް. އެއިރުން މައްސަލަތައް ހައްލުވެގެން ދާނީ. ވިސްނައި ނުލާ ކަމެއް ކުރެވިއްޖެނަމަ މުޅި އުމުރަށް ހިތާމަކުރަންޖެހޭގޮތް މެދުވެރިވޭ.” އަނަރާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...