ލައިބީރިއާގެ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއް ހިންގާފައިވާކަމަށްބުނެ ލައިބީރިއާގެ ކުރީގެ ރައީސް ޗާރލްސް ޓެއިލަރ 50 އަހަރަށް ޖަލަށް ލާން ކުރި ޙުކުމަށް ހޭގްގެ ކޯޓުން ތާއީދުކޮށްފިއެވެ.
އަވަށްޓެރި އެހެން ޤައުމެއްކަމަށްވާ ސިއޭރާ ލިއޯންގެ ދާޚިލީ ހަނގުރާމާގައި ހަނގުރާމަވެރި ބާޣީންނަށް އެހީވީ ކަމަށްބުނެ ޓެއިލަރގެ މައްޗަށް 11 ކުށެއް ޘާބިތުކުރެވިފައިވެއެވެ. އޭގެ ތެރޭގައި، ޓެރަރިޒަމްއާއި މީހުންމެރުމާއި، ޢިއްފަތް ފޭރުމާއި، ކުޑަކުދިން ހަނގުރާމާގައި ބޭނުންކުރުމުގެ ކުށް ހިމެނެއެވެ.
އަވަށްޓެރި ޤައުމެއްގެ ދާޚިލީ ހަނގުރާމާގައި ބާޣީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރަށް ބައެއް ޙަމަލާތައް ރޭވުމުގައިވެސް ބައިވެރިވެފައިވާކަމަށް ޓެއިލަރގެ މައްޗަށް ޘާބިތުވެފައިވެއެވެ.
ސިއޭރާ ލިއޯންގައި ހިނގި 11 އަހަރަށްވުރެ ދިގުދެމިގެން ދިޔަ ދާޚިލީ ހަނގުރާމާގައި ބައިލައްކައެއްހާ މީހުން މަރުވެފައިވެއެވެ. މި ހަނގުރާމަ ނިމިފައިވަނީ 2002 ވަނަ އަހަރުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...