“އަންދަލުސް” ނަމުގައި ޖަމިއްޔަތުއް ސަލަފުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް މޫސުން ގޯސްވުމުގެ ސަބަބުން ދަރުބާރުގެއަށް ބަދަލު ކޮށްފިއެވެ.
ދިއިސްލާމް އަށް މައުލޫމާތު ދެއްވަމުން ސަލަފް ޖަމިއްޔާއިން ހާމަކުރާ ގޮތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ދަރުބާރުގެއަށް ބަދަލުކުރީ މުސުން ގޯސްވުމުގެ ސަބަބުން ކަމަށާއި މިރޭގެ ދަރުސް އޮންނާނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމްގައި ކަމަށެވެ. އަދި މިދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރާގޮތަށް ވަނީ ހަމަ ޖެހިފައި ކަމަށާއި ޓީވީ ޗެނަލްއަކުން ދަރުސް ލައިވް ކުރުމުގެ އިންތިޒާމް ހަމަޖެހޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އެފަރާތުން ހާމަ ކުރެއެވެ.
މިދަރުސްއަކީ 800 އަހަރު ވަންދެން އިސްލާމީ ޚިލާފަތް ޤާއިމުކޮށްފައިވާ އަންދަލުސް އިން އިސްލާމް ދީން ފޮހެވިގެން ދިޔަ ގޮތް ބަޔާންކޮށް، އިސްލާމީ ޤައުމުތަކުން އިސްލާމް ދީން ނައްތާލުމަށް ކާފަރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި އެބައިމީހުންގެ ނުބައި ރޭވުންތަކަށް އަލިއަޅުވާލައި އެކަންކަމުން އެންމެހައި މުސްލިމުން ހޭލުންތެރި ކުރުމަށް ބޭއްވޭ ދަރުސެކެވެ.
އަންދަލުސް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް އަދި އައްޝައިހް އަހުމަދު ސަމީރު ބިން އިބްރާހިމް ކަމަށް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.
ރޭގަނޑު 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...