ރާއްޖޭގެ ޚަބަރު ހދ. ގައި ރިސޯޓް ނުހަދާ ނަމަ އިހްތިޖާޖުކުރާނެ ކަމުގެ އިންޒާރު އަތޮޅު ކައުންސިލްއިން ދީފި

ހދ. ގައި ރިސޯޓް ނުހަދާ ނަމަ އިހްތިޖާޖުކުރާނެ ކަމުގެ އިންޒާރު އަތޮޅު ކައުންސިލްއިން ދީފި

ހދ. ގައި ރިސޯޓް ނުހަދާ ނަމަ އިހްތިޖާޖުކުރާނެ ކަމުގެ އިންޒާރު އަތޮޅު ކައުންސިލްއިން ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހދ އަތޮޅުގައި ރިސޯޓް ނުހަދާ ނަމަ އިހްތިޖާޖުކުރާނެ ކަމުގެ އިންޒާރު އަތޮޅު ކައުންސިލުން ދީފިއެވެ.

ހދ. އަތޮޅު ކައުންސިލްގެ 10 މެންބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން ސަރުކާރުން އެންމެ ފަހުން ހުޅުވައިލި ރަށްތަކުގެ ތެރޭގައި ހދ. އަތޮޅުގެ ރަށެއް ނެތުމުންނާއި އެ އަތޮޅުގައި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގައި މަސައްކަތް ކުރިއަށް ނުދާ މައްސަލާގައި އިހްތިޖާޖްކުރަންޖެހިދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ..

މި އަތޮޅުން ރަށެއް ނުހިމަނައި ކުރީ ސަރުކާރުން ޓޫރިޒަމަށް ދޫކުރަން ކަނޑައެޅި 15 ރަށް އެ އޮތް ގޮތަށް ބަދަލެއް ނުގެނެސް އިއުލާންކުރުމުން ފާއިތުވި ދެ ސަރުކާރުންނާއި މި ސަރުކާރުން ގަސްތުގައި މި އަތޮޅާ މެދު އިހްމާލުވެފައިވާކަން ހާމަވާތީ މިކަން މި ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،” ބަޔާނުގައި ވެ އެވެ.

ކަން މިހެން ހުރުމުން، ފާއިތުވެދިޔަ ދެ ސަރުކާރާއި، މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ކަމާ ގުޅުންހުރި ވުޒާރާތަކާ ތަކުރާރުކޮށް ބައްދަލުކޮށް މި މައްސަލަ ވަނީ ހުށަހެޅިފައި. އަދި ހަމަމިއާއެކު ޓޫރިޒަމް ދާއިރާ އިން މި އަތޮޅުގެ އިތުރު ރަށްތައް ތަރައްގީކުރުމަށްޓަކައި ޓޫރިޒަމް މާސްޓާ ޕްލޭންގައި ހިމަނައި ދެއްވުމަށް ވެސް މި ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅާފައި،” ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ހދ. އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް އަތޮޅު ނަމަވެސް އިގްތިސާދީ ހަރަކާތްތަކެއް ނެތުމުގެ ސަބަބުން އާބާދީގެ ގިނަ ރައްޔިތުންނަކީ ވަޒީފާގެ ފުރުސަތު ނެތް މީހުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެއާޕޯޓެއް ވެސް އޮތް އެ އަތޮޅުގައި އެއްވެސް ރިސޯޓެއް ނެތްކަން ވެސް އެ ބަޔާނުގައި އެވެ.

ހދ. އަތޮޅުގައި ރިސޯޓް ތަރައްގީކުރުމަށް ހޮނޑާފުއްޓާއި ކުޑަމުރައިދޫ، ނާގޯށި އަދި ނޮޅިވަރަންފަރުގެ އިތުރުން ހަނިމާދޫން ޓްރެއިނިން ރިސޯޓެއް ހެދުމަށް ބިން ދޫކޮށްފައިވީ ނަމަވެސް އެ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރަމުން ނުދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ހދ. އަތޮޅުން މިހާތަނަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ރަށްރަށާއި ބިންތަކުގައި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަސައްކަތް ފެށޭނެ ގޮތް ފަހިކޮށްދިނުމަށާއި އެ އަތޮޅުގެ އިތުރު ރަށްތަށް ޓޫރިމަށް ކަނޑައަޅައިދިނުމަށް އެ ބަޔާނުގައި ކައުންސިލުން އިލްތިމާސްކޮށްފައި ވެ އެވެ. އަދި މި ކަންކަމަށް ސަރުކާރުން އިޖާބަ ނުދީފި ނަމަ މުޅި ހދ. އަތޮޅު ގުޅިގެން ކުރާ ސިލްސިލާ އިހްތިޖާޖެއް ފަށަންޖެހިދާނެ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.