އެމެރިކާގެ އަސްކަރިއްޔާގައި ކޮންމެ އެއްގަޑި އިރެއްގެތެރޭގައި ތިން ރޭޕު ކުރާކަމަށް ރިޕޯޓަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ނެރުނު އައު ރިޕޯޓަކުން ހާމަވާ ގޮތުގައި "އެމެރިކާގެ އަސްކަރިއްޔާތެރޭގައި ޖިންސީ ގޯނާކުރުން ކުރިއަށްވުރެ އިތުރުވެ ހައްދުފަހަނަ އަޅާފައިވާކަމަށާއި އެގޮތުން 2012 ވަނަ އަހަރު އަސްކަރިއްޔާގައި މަސައްކަތްކުރާ މީހުންގެތެރެއިން 26000 މީހުންނަށް އެކިއެކި ޖިންސީ ގޯނާކޮށްފައިވާ"ކަމަށެވެ.
ޕެންޓަގަން އިން ނެރުނު މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުގައި އަސްކަރިއްޔާތެރޭގައި ޖިންސީ ގޯނާކުރުން މި ޢަދަދަށްވުރެވެސް މަތިވާނެކަމަށާއި ޖިންސީ ގޯނާކޮށްގެން ރިޕޯޓު ނުކުރާ ގިނަ ބަޔަކު އުޅޭނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...