ރާއްޖޭގެ ޚަބަރު ހިލޭ ޑެބިޓްކާޑު ހައްދައިދިނުމުގެ ޕްރޮމޯޝަނެއް އިސްލާމިކް ބޭންކް އިން ފަށައިފި

ހިލޭ ޑެބިޓްކާޑު ހައްދައިދިނުމުގެ ޕްރޮމޯޝަނެއް އިސްލާމިކް ބޭންކް އިން ފަށައިފި

ހިލޭ ޑެބިޓްކާޑު ހައްދައިދިނުމުގެ ޕްރޮމޯޝަނެއް އިސްލާމިކް ބޭންކް އިން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑެބިޓް ކާޑް އެއްވެސް ފީ އަކާއިނުލާ ހިލޭ ހައްދައިދިނުމުގެ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

(އެމްއައިބީ)ގެ ފަރާތުން ހާމަކުރެއްވި ގޮތުގައި މި މޭ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕުރޮމޯޝަންގައި ޑެބިޓް ކާޑު ހައްދައިދިނުމުގެ ހިދުމަތް އެއްވެސް ފީއަކާ ނުލައި ކުރިއަށް ގެނަދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ބަިިވެރިވެވޭނީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި އަލަށް އެކައުންޓް ހުޅުވާ ފަރާތްތަކަށާއި މިހާރު އެކައުންޓް ހުރި ފަރާތްތަކުގެ ތެރެއިން ކާޑު ނަހައްދާ ހުރި ފަރާތްތަކަށް ކަމަށްވެސް އެފަރާތުން ހާމަކުރައްވައެވެ.

މީގެ އިތުރުން ކޮންމެ މަހެއްގެ ފުރަތަމަ ހޮނިހިރުގައި ވެސް މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާފައި ހުންނަގޮތަށް އެފަރާރުން ވަނީ ހަމަޖައްސަވާފައެވެ.

އިސްލާމިކް ބޭންކުން ހޮނިހިރު ދޭ ޚިދުމަތްތަކުގައި، އެކައުންޓް ހުޅުވުމާއި، ޗެކާއި ފައިސާ ޑިޕޮސިޓް ކުރުމާއި އަދި އޭޓީއެމް ކާޑް ގެ ޚިދުމަތް އެދޭ ފޯރމް ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ފައިސާ ނެގޭނީ ހަމައެކަނި އަމިއްލަ އެކައުންޓުން ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި އިސްލާމިކް ބޭންކް އެވެ. ބައިނަލްއަޤްވާމީ އެވޯޑެއްވެސް ލިބިފައިވާ މި ބޭންކް ހުޅުވާފައިވަނީ މާޗް 7، 2011 ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.