އެމެރިކާގެ ބޮސްޓަންގައި ކުރިއަށްދިޔަ ދުވުމުގެ އިވެންޓެއް ކަމަށްވާ (ބޮސްޓަން މެރަތަން)ގައި ބޮން ގޮއްވި ކަމަށް ތުހުމަތުކުރެވެނީ ޗެޗިނިޔާ އަށް ނިސްބަތްވާ ދެބެން ކަމަށާއި އޭގެ ތެރެއިން އެކަކު މަރާލައި ފިލާފައިވާ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ބޮސްޓޮންގެ ފުލުހުން ބުނެފި އެވެ.
ބޮސްޓޮންގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ ދެމީހެއްގެ މައުލޫމާތު ލިބުމުން ބޮސްޓޮންގެ ފުލުހުންނާ އެމެރިކާގެ އެފްބީއައިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.
ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވިފައި ވަނީ ދެބެން ކަމަށްވާ އުމުރުން 26 އަހަރުގެ ޓެމާލަން ޓުސާނައެވު އާއި އުމުރުން 19 އަހަރުގެ ޒޮހާރު ޓުސާނައެވުގެ މައްޗަށެވެ. މި ދެބެން ދިރިއުޅެމުން ދަނީ މަޝްހޫރު ހާވާޑް ޔުނިވަސިޓީ ހުންނަ ކެމްބްރިޖްގަ އެވެ.
ފުލުހުންނާ ދެކޮޅަށް ދެބެން ހަތިޔާރު ބޭނުންކުރަން ފެށީ ޔުނިވަސިޓީއެއް ކަމަށްވާ މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކައިރީގައި ހުރި ފުލުހަކު ހުކުރު ވިލޭރޭ މަރާލުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގަ އެވެ. ތަމަރަން އެ ހަމަލާތަކުގައި މަރުވެފައިވާއިރު ޒޮހަރު ވަނީ އެވަޤުތު އެތަން ދޫކޮށް ފިލާފައެވެ. ނަމަވެސް އޭނާ ބޯޓެއްގެ ތެރޭގައި ފިލާ އޮއްވަ ފުލުހުން ވަނީ ހައްޔަރު ކޮށްފައެއެވެ. ހައްޔަރުކުރިއިރު އޭނާގެ ގައިން ދެތަނަކަށް ވަޒަން އަރާފައިވާ ކަމަށާއި މިހާރު އޭނާއަށް ފަރުވާދެމުންދާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހޯމަދުވަހު އޮތް މެރެތަންގައި ބޮން ގޮއްވުމުގެ ސަބަބުން ތިން މީހަކު މަރުވެ 144 އަށް ވުރެ ގިނަ މީހުން ޒަހަމްވިކަމަށް ބައެއް ނޫސް އެޖެންސީތަކުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...